މިނިސްޓަރު މަހްލޫފްގެ ހީވާގި ކަމާއި މުރާލިކަން މިހާތަނަށް ފެނުނީ މިނިސްޓަރުގެ ފޭރާންކޮޅުން މަސައްކަތުގެ ތެރެއިން ކަމަށް ވިޔަސް އެމަނިކުފާނުު އެކްޓިވްވީ ހަމައެކަނި މަސައްކަތަކަށް ނޫންކަން މިވަނީ ދައްކުވައިދީފައެވެ.
"ވާހަކަ މަދުކޮށް، އަމަލުން ދައްކާ" ކެޕްޝަން ކުރައްވާ އިއްޔެ ޓްވިޓާގައި ހިއްސާކުރެއްވި އެމަނިކުފާނުގެ "ޓޯންޑް ބޮޑީ" އާއިއެކު ކަމެއް ހާސިލް ކުރެވޭނީ ބަހަށް ވުރެ އަމަލު ގިނަކޮށްގެންކަން ވަރަށް ރަނގަޅަށް ވެސް ސާބިތުކޮށްދެއްވައިފިއެވެ.
ހަމަ އަސްލުވެސް ހަށިގަނޑަށް މި ގެނައި ބޮޑު ބަދަލަކީ ވާހަކަ މަދުކޮށް އަމަލުން ދެއްކެވި ބަދަލެއް ކަމާއި މެދު ޝައްކެއް ނެތެވެ.
މިނިސްޓަރުގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލާއިއެކު ޓްވިޓާ ވެސް ހިލިގެން ދިޔައިރު ގިނަ ބަޔަކު ދަނީ މިނިސްޓަރުގެ ހިތްވަރަށް ތައުރީފް ކުރަމުންނެވެ.