ads
ސާރާ އަލީ ހާން
ސާރާގެ ހެދުމުން ޕީއެސް 5 އެއް ގަނެވޭނެ
ބޮލީވުޑްގައި މަޝްހޫރުކަން ހޯދަމުންދާ ސާރާ އަލީ ހާން އަކީ ގިނަ ބެލުންތެރިންގެ ލޯ ހުއްޓިފައިވާ ތަރި އެކެވެ. ސާރާގެ ލޯބީގެ ހަޔާތުގެ ވާހަކައިން ފެށިގެން އޭނާ ލާ ހެދުމުގެ ވާހަކައަކީ ބެލުންތެރިންގެ މެދުގައި މަޝްހޫރު ވާހަކަ އެކެވެ.

ސާރާ ވަނީ އޭނާގެ ހެދުން އެޅުމުގެ ގޮތްތަކުން މީހުން އާޝޯހު ކޮށްލާފައެވެ. ދާދި ފަހުން ސާރާ ސޯޝަލް މީޑިއާގައި ހިއްސާކުރި ހެދުމަކީ ރީތި އަދި އެހާމެ އަގު ބޮޑު ހެދުމެކެވެ.

ރަތްކުލައިގެ ކޯޓު ފޮތީގެ ބެވެލީ އަޒާލިއާގެ އެ ހެދުން ވިއްކާލައިގެން މީހަކައް ޕީއެސް 5 ގެ އިތުރުން އެކްސް ބޮކްސް ސީރީޒްގެ އެސް ވެސް ގަނެވޭނެއެވެ. އެހާވެސް އެ ހެދުމުގެ އަގު ބޮޑެވެ.

your imageސާރާ ގެ ހެދުން

ސާރާ އަލީ ހާން ވަނީ ވަރަށް ފަހުން ވަރުން ދަވަންނާ އެކީގައި ކުލީ ނަމްބަރު 2 ވެސް ކުޅެފައެވެ. އަދި އެ ފިލްމަށް ގިނަ ފަރާތްތަކެއްގެ ތައުރީފު ވެސް ވަނީ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް