ads
އުދައްޔު: ފޮޓޯ އާއިލާ
ޕޯސްޓްމޯޓަމް ހެދުމަށްފަހު އުދައްޔުގެ ހަށިގަނޑު ރާއްޖެ ގެެނެސްފި
ގއ. މާމެންދޫގައި މިމަހުގެ އަށް ވަނަ ދުވަހުގެރޭ ހިނގާދިޔަ މާރާމާރީއެއްގައި ނިޔާވި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އަނބުރާ ރާއްޖެ ގެނެސްފި ކަމަށް ފުލުހުން ބުނެފިއެވެ.

މާމެންދޫގައި ނިޔާވި އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފައިވާ ކަމަށްބުނެ ފުލުހުން މައުލޫމާތު ހިއްސާ ކުރީ ފުލުހުން މީޑިއާ އާއި މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ކޮށްފައިވާ ގްރޫޕުގައެވެ. 

އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށާއި، ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށް ފުލުން ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ގއ. މާމެންދޫގައި މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ 11:00 ހާއިރު ހިނގާދިޔަ މާރާމާރީގައި ނިޔާވި އުދައްޔުގެ މަރުގެ މައްސަލާގައި ފުލުހުން މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. 

އެގޮތުން އެންމެ ފުރަތަމަ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތިން މީހެކެވެ. އެއީ 27 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

އޭގެ ފަހުން ފުލުހުން ވަނީ އެމައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައެވެ. އެއީ އުމުރުން 25 އަހަރުގެ މީހަކާއި އުމުރުން 18 އަހަރުގެ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް