ads
ރާކީ ބިގްބޮސް ހައުސްގައި——
ރާކީގެ ހިތްދަތި އިހުސާސްތައް ބަނޑުންކޮށްލައިފި
ކަލާސްޓީވީން ގެނެސްދޭ ރިއާލަޓީ ޝޯ ބިގްބޮސްގެ ސީޒަން 14ގެ ފިނާލޭ މިހާރު ކުރިއަށް ދާއިރު ޝޯގެ ފައިނަލް ބުރުގައި ވާދަކުރާ ހަތަރު ބައިވެރިންގެ ތެެރެއިން އެކަކަކީ މަޝްހޫރު ތަރި ރާކީ ސާވަންތް އެވެ.
Advertisement

މިހަފްތާގެ އެމިޔުނިޓީ ކާމިޔާބު ކުރުމަށްޓަކައި ބައިވެރިންނަށް ޓާސްކުތައް ހަވާލުކުރިއިރު ރާކީއަށް ޖެހުނީ އެމިޔުނިޓީ ހާސިލްކުރުމަށް އޭނާގެ ފިރިމީހާ ރިތޭޝް ވެލެންޓައިންސްގައި ފޮނުވި ސިޓީ އިރާލާށެވެ.

މަޝްހޫރް ވިޔަފާރިވެރިޔާ ރިތޭޝް އާ ރާކީ ކައިވެނިކޮށްގެން އުޅޭކަން ހާމަކުރުމަށްފަހު ބިގް ބޮސްގައި އޭނާވަނީ ކައިވެނިކުރި ފަހުން ރިތޭޝްގެ އެހެން އަންބަކާއި ދަރިއަކުވެސް ހުންނަކަން ފަޅާއަރާފައިވާކަމަށް ބުނެފައެވެ.

އެހެންނަމަވެސް ރިތޭޝް ދެކެ އޭނަ ހަގީގީ ލޯބިވާކަމާއި އެކީގައި އުޅެން ބޭނުންވާކަމަށް ބައެއް ބައިވެެރިން ކައިރީ ބުނެފައިވެއެވެ. އެހެންކަމުން އެ ސިޓީއަކީ ރާކީއަށް ވަރަށް މުހިންމު ސިޓީއެއް ކަމަށް ރާކީ އަބަދުވެސް ބުނެއެވެ.

ޓާސްކު ހަވާލުކުރެވުމުން އެ ސިޓީ އިރާނުލުމަށް ގޭގެ އެހެން ބައިވެރިން ރާކީ ކައިރި ބުނި ނަމަވެސް ރާކީ ވަނީ އޭނާ އާއި އެސިޓީ އާއި އެތައް ހަނދާނެއް ގުޅިފައިވާކަމަށާއި ސިޓީ އިރާލުމަށްފަހު އޭނާއަށް ފުން ހިތާމައެއް ލިބޭނެކަމަށްވެސް ބުނެފައެވެ. އެހެން ނަމަވެސް ރާކީ ބުނީ ފިރިމީހާ އާ ދިމާނުވާތާ ދެއަހަރުވެގެން ދާއިރު މިއީ ކޮންކަހަލަ ގުޅުމެއްތޯ ބައެއް ފަހަރު ހިތައް އަރާ ކަމަށާއި، ފިރިމީހާގެ އެއްވެސް އެހީތެރިކަމެއް އޭނާއަށް ނުލިބޭ ކަމަށެވެ

ފިރިމީހާ މާލީ ގޮތުން އެހީވެދިން ނަމަ މިއަދު ބިގްބޮސްއަށް އަންނަން ނުޖެހުނީސް ކަމަށާއި އިންޑަސްޓްރީއަށް އެބުރި އަންނަން އަނެއްކާވެސް މަސައްކަތް ކުރަން ނުޖެހުނީސް ކަމަށެވެ

ރާކީ ބުނީ ފިރިމީހާ އޭނައަށް މާލީ ގޮތުން އެއްވެސް އެހީތެރިކަމެއް ނުވާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އެގޮތުން އޭނަގެ ލޯންތައް ދެއްކުމަށްވެސް ފިރިމީހާ އެހީ ނުވި ކަމަށާއި އަދިވެސް ރާކީ އުޅެނީ އިންސިއުރެސް ފައިސާއިން ކަމަށް އޭނާ ބުނެއެވެ.

އެހެންކަމުން އޭނައަަށް އަމިއްލަ ނަފްސާއި ދޭތެރޭ ވިސްނުމުގެ ހައްގު އޮންނާނެ ކަމަށްބުނެ ރާކީ ވަނީ އެ ސިޓީ އިރާލާފައެވެ.  

ބިގްބޮސް ފިނާލޭގެ އެންމެ ފަހު ބުރުގައި ވާދަކުރާނީ ތިން ބައިވެރިއެކެވެ. އެހެންކަމުން އިމިއުނިޓީ ހާސިލްކޮށްގެން ފަހު ބުރަށް ދިޔުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދެއެވެ. އަދި އިމިއުނިޓީ ހާސިލް ނުވާނަމަ ޖެހެނީ ޝޯއިން ވަކިވާށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް