ads
ފިނޭސް މިނިސްޓްރީ---ފޮޓޯ:ރާއްޖެއެމްވީ
ސަރުކާރުން ވިޔަފާރިތަކަށް ދޫކުރި ލޯނުތައް 355 މިލިއަނަށް އަރައިފި
ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރި ލޯނުތައްކުގައ އަދަދު 355 މިލިއަނަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ކުދި ފަންތި އަދި މެދު ފަންތީގެ 2108 ވިޔަފާރިއަކަށް ކޮވިޑްގެ ސަބަބުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ޖުމްލަ 355.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

މީގެތެރޭގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ވިޔަފާރިތައްވެސް ހިމެނެ އެވެ. ގޭގައިތިބެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން މިފަދަ ފަރާތްތަކަށް ސަރުކާރުގެ ރިކަވަރީ ލޯނު ސްކީމްގެ ދަށުން 659 މީހަކަށް ވަނީ 19.7 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އަދި ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ކާބޯތަކެތި ވިއްކުމުގެ ދާއިރާގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނެވެ. އެގޮތުން އެ ސިނާއަތުގެ 845 ފަރާތަކަށް 201 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އަދި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރީ އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ. އެ ދާއިރާގެ 204 ވިޔަފާރިއަކަށް 59.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ 238 ވިޔަފާރިއަކަށް 55.3 މިލިއަން ރުފިޔާ ވަނީ ސަރުކާރުން ދޫކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް