ads
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ
މުޒާހަރާކުރުމަކީ ކުށެއް ނޫން، އަސާސީ ހައްގެއް: ޑރ. ދީދީ
މުޒާހަރާ ކުރުމަކީ ކުށެއް ނޫން ކަމަށާއި، އެއީ އަސާސީ ހައްގެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ މިހެން ވިދާޅުވެފައި މިވަނީ، ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މަގުތަކުގައި އެއްވުންތައް ބާއްވާނަމަ ބާރުގެ ބޭނުންކޮށްގެން ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވުމުންނެވެ. 

ޑރ. ދީދީ ވިދާޅުވީ ގާނޫނުލްއުގޫބާތަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައި ގާނޫނުގައި ސާފު އިބާރާތުން ކުށެއްކަމަށް ކަނޑައަޅައިފައި ނުވާ ކަމެއްގެ މައްޗަށް ގާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށެވެ. 

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ، އިދިކޮޅު ކޯލިޝަނުން ބާއްވަމުން އަންނަ މުޒާހަރާ ތަކަކީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވުމުގެ އިތުރުން އެއީ ގާނޫނާއި ހިލާފު އެއްވުން ތަކެއް ކަމަށްވެސް ވިދާޅުވެފައެވެ. 

އެގޮތުން ގާނޫނު ނަމްބަރު ގާނޫނު ނަމްބަރު 1/2013 (ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު) އަށް ގެނެވުނު 1 ވަނަ އިސްލާހުގެ 24 ވަނަ މާއްދާގެ (ޅ) އަށް ބަލާއިރުވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޭ ހުއްދައަކާއިއެކު މެނުވީ މާލެ ސަރަހައްދުގައި ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމަކީ މަނާކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. 

އަދި އެގޮތަށް އެއްވުންތައް ބާއްވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ފުލުހަށް ހާޒިރުކޮށް ތަކުރާރުކޮށް ނަސޭހަތްތެރި ވެފައިވީނަމަވެސް އެކަން އަދިވެސް ތަކުރާރު ކުރަމުންދާތީ، އެކަމަކީ ގާނޫނު ނަމްބަރު 9/2014 (ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ) 533 ވަނަ މައްދާއިން ބަޔާންކުރާ، ގާނޫނެއް ހިންގުމަށް ހުރަސްއެޅުން ނުވަތަ ދައުލަތުގެ އެހެން މަސައްކަތެއް ހިންގުމަށް ހުރަސްއެޅުންކަމަށް ބެލެވޭފަދަ އަމަލަކަށް ވާތީ، ގާނޫނީގޮތުން ފުލުހުން އަޅަންޖެހޭ ފިޔަވަޅެއް ވަގުތުން އަޅަމުން ގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް