ads
ރައީސް ނަޝީދު--ފޮޓޯ: މަޖިލިސް
އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމަ: ނަޝީދު
ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމަ ކަމަށް ކުރީގެ ރައީސް އަދި ރަށްޔިތުން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖެއިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ މާލެ ސިންތެޑިކް ޓްރެކް ސަރަހައްދުގައި ރަސްމިއްޔާތެއް ބާއްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއަކީ މިއަދު މި ދުނިޔޭގައި އެންމެ ބާރަށް ތަރައްގީވަމުން، އަދި ކުރިއަރަމުން އަންނަ އެއް ގައުމު ކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެކުވެރި ގައުމެއް ކަމަށެވެ.

ދިވެހި ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އެއީ ބަގާވާތަކަށް ވިއަސް، އަދި ފެން ނެތިގެން އުޅެން ޖެހުނަސް، ބޮޑު ރާޅެއް އެރިކަމުގައި ވިއަސް އަދި ބަލި މަޑުކަމަކަށް ވެކްސިން ޖަހަންވީ ކަމަށްވީ ނަމަވެސް އެންމެ ފުރަތަމަ ރާއްޖެއަށް އެހީވަނީ އިންޑިއާ އިން ކަމަށް ވިދާޅުވި އެވެ. 

އެހެންކަމުން، ރައީސް ސޯލިހްގެ ސަރުކާރުން ވަރަށް "ސާފުކޮށް" ދަންނަވަން ބޭނުންވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި އެއަށް ފަހު ރާއްޖެއިން އެހެން ކަންކަމާ ވިސްނުން ބުއްދިވެރިކަން ފާހަގަކުރަމުން ނަޝީދު ވިދާޅުވީ ދިވެހިން އަބަދުވެސް ވިސްނަން ޖެހޭނީ ދިވެހިންގެ ރަނގަޅަށް ކަމަށާއި ރާއްޖޭގެ ކުރި އެރުމާއި، ސަލާމަތާއި، ތަރައްގީ އެއްވެސް ޝައްކެއްނެތް ގޮތުގައި ގުޅިފައި އޮތީ އިންޑިއާގެ ކުރިއެރުމާއި، އިންޑިއާ ކަނޑުގެ ހަމަޖެހުމާ ކަމަށެވެ.

އޭގެ އިތުރުން ރައިސް ނަޝީދު ވިދާޅުވީ އިންޑިއާގެ ހާރިޖީ ވަޒީރަކީ އިލްމުގެ ތެރެއިން އަރާ ހުންނެވި އިލްމުވެރިއެއް ކަމަށާއި އޭނާއަށް ނޭނގޭ ކަމެއް ދުނިޔޭގެ ހާރިޖިއްޔާގައި ހިނގަމުން ނުދާ ކަމަށެވެ. އަދި އިންޑިއާ ކަނޑަށް ވީގޮތާއި، ވަމުން ދާގޮތާއި، ވާނެގޮތް ވެސް ސާފުކޮށް ބުނެދެމުންދާ ކަމަށެވެ. 

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ އެއްބަސްވުންތައް ވެގެންދާނީ ދިވެހިންގެ ދިރިއުޅުން މާބޮޑަށް އުޖާލާވެގެންދާނެ އެއްބަސްވުންތަކަކަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް