ވަރަށް ފަހުން ޓައިގާ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ފޮޓޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
އެ ފޮޓޯއަށް ގިނަ ބަޔަކު ކޮމެޓްކޮށްފައިވާއިރު އެންމެންގެ ލޮލުގައި އަޅައިގަތީ ދިޝާ ކޮށްފައިވާ ކޮމެންޓެކެވެ. އޭނާ ވަނީ "ޔޯ ބުރޯ ދެޓްސް ސަމް ކިޔުޓް ޝޯޓްސް" ޖަހާފައެވެ.
އެކޮމެޓުން އެންމެނަށްވެސް ސިހުން ގެނުވި އެވެ. އެއީ ދިޝާއަކީ ޓައިގާއާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ބަތަލާ ކަމަށް ވާތީ އެވެ.
ދިޝާ އަދި ޓައިގާ އެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށް ނުބުނި ކަމަކު އެމީހުން ވަނީ އެކި އާއިލީ ހަފްލާތަކަށް އެކުގައި ގޮސްފަ އެވެ. އަދި ޗުއްޓީ ހޭދަކުރަން ވެސް ވަރަށް ގިނައިން އެކުގައި ދެއެވެ.