ހީރޯޕަންތީ 2 ގެ ލީޑް ރޯލުން ޓައިގާ ޝްރޮފް އާއެކު ފެނިގެންދާނީ ސްޓުޑެންޓް އޮފް ދަ އިޔާ 2 އަދި މަރްޖާވާން ފަދަ ފިލްމުތަކުން އެތައް ބައެއްގެ ލޯބި ހޯދައިފައިވާ ތާރާ ސުތާރިއާ އެވެ.
އަހުމަދު ހާން ޑައިރެކްޓް ކުރާ ހީރޯޕަންތީގެ މަންޒަރުތައް ނަގަން ފުރަތަމަ ހަމަޖެހިފަ އޮތީ ޔޫރަޕުގެ އެކި ހިސާބުތަކުގަ އެވެ. ނަމަވެސް ޔޫރަޕުގައި ކޮވިޑްގެ ރާޅަކަށް ފަހު ރާޅެއްް އައިސް ވައިރަހުގެ ނުރައްކާ ކުރިއަށް ވުރެ ބޮޑުވެފައިވާތީ ސާޖިދު ނާޑިއާޑްވާލާ ވަނީ ފިލްމުގެ ހުރިހާ މަންޒަރެއް ވެސް އިންޑިއާގައި ނަގަން ނިންމާފައެވެ.
މިއީ ތާރާ އާއި ޓައިގާ އެކީ ފެނިގެންދާ ދެވަނަ ފިލްމެވެ. މީގެ ކުރިން ތާރާ ވަނީ ޓައިގާ އެކީ ސްޓޫޑެންޓް އޮފް ދަ އިޔާ 2 ގެ ލީޑް ރޯލަކުން ފެނިގެން ގޮސްފައެވެ.
މިފިލްމުގެ ޝޫޓިން ފެށޭނެ ތާރީހާ ޝޫޓް ކުރާނެ ސަރަހައްދުތައް އަދި ޕްރޮޑަކްޝަން ޓީމުން ކަނޑައެއްނާޅަ އެވެ.