މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން ވިހި އަހަރުގެ "ގޯލްޑަން ބޯއީ" ހާލަންޑް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާ މެންޗެސްޓާ ސިޓީ އަދި ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހާލަންޑު ހޯދަން އެދޭ ކްލަބުތަކަށް އޭނާގެ އަގު މިހާރުވަނީ އެޖެންޓު މެދުވެރިކޮށް އަންގާފައެވެ.
ޑޯޓްމަންޑާ ހާލަންޑާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ސީޒަންގެ ނިޔަލަށެވެ. އެހެންނަމަވެސް މި ސީޒަން ނިމޭއިރު އޭނާ ކްލަބު ބަދަލު ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަންނަ ސީޒަން ނިމުމުގެ ކުރިން އޭނާގެ ސޮއި ހޯދަން ބޭނުންނަމަ ޓްރާންސްފަރ ފީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަން ޖެހޭނެއެވެ.
ހާލަންޑަކީ މި ވަގުތުވެސް އެންމެ ފޯމުގައި ހުރި އެއް ފޯވާޑެވެ. އޭނާވަނީ މި ސީޒަންގައި މިހާތަނަށް ފަންސަވީސް ލަނޑު ޖަހާފައެވެ.