ads
އިދިކޮޅުން މަގުމީތަ
އިދިކޮޅުން މިއަދުވެސް މަގުމަތީ ހަރަކާތަށް ނިކުމެއްޖެ
އިދިކޮޅުން މިއަދުވެސް މަގުމަތީ އިހްތިޖާޖް ކުރަން ފަށައިފި އެވެ.
Advertisement

އިދިކޮޅުން މިއަދު އިހްތިޖާޖް ކުރަމުންދަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. ޕީޕީއެމް އޮފީސް ކުރިމަތީ މަގުމަތީ ގިނަ ބަޔަކު އެއްވެ އިހްތިޖާޖް ކުރަމުންދާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގިނަބަޔަކު އެއްވެފައިވާތީ ފުލުހުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. 

އަދި އެ ސަރަހައްދުގައި މިވަގުތު ކުރަމުންދާ އިހްތިޖާޖް ހުއްޓާލުމަށް ފުލުހުންވަނީ އެދިފައެވެ. އެހެންނަމަވެސް އިދިކޮޅުން ދަނީ އިހްތިޖާޖު ކުރިއަށް ގެންދަމުންނެވެ. 

މިހާރު އެ އިހްތިޖާޖުގެ ތެރެއިން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

އިދިކޮޅުން ދަނީ މިފަހަކަށް އައިސް ކޮންމެ ދުވަހަކުހެން މަގުމަތީ އިހްތިޖާޖްތައް ބާއްވަމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް