ރޭ ކުރިއަށް ދިޔަ ގްރޭންޑް ފިނާލޭގައި ރުބީނާ، އެ ޝޯ ކާމިޔާބުކުރީ ނިކީ ތަމްބޯލީ އާއި ރާހުލްއާ ވާދަކޮށްގެންނެވެ. އެ ޝޯގެ ދެވަނައަށް ދިޔައީ ރާހުލް ވައިދިއާ އެވެ.
އުމުރުން 33 އަހަރުގެ ރުބީނާ، ޝޯ ކާމިޔާބުކުރުމާއެކު އޭނާއަށް ގިނަ ބަޔަކު އަންނަނީ މަރުހަބާގެ މެސެޖްތައް ފޮނުވަމުންނެވެ. ޝޯގައި ރުބީނާގެ ފިރިމީހާ، އަބިނޭވް ވެސް ބައިވެރިވި އެވެ. އެކަމަކު އޭނާ ވަނީ ފިނާލޭގެ މާކުރިން ޝޯ އިން ކަޓާފަ އެވެ.
ޝޯ ކާމިޔާބުކުރުމާއެކު 36 ލައްކަ ރުޕީސް ވެސް ރުބީނާއަށް ލިބިފައިވެ އެވެ.
ރުބީނާ ވަނީ ޓީވީ ގިނަ ޝޯތަކެއްގައި މަސައްކަތްކޮށް ބިގްބޮސްގެ ކުރިން ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.