މިއީ މިމަހު ކުރީކޮޅު އަނީތާ ވިހެއި ފަހުން ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އާންމު ކުރި ފުރަތަމަ ފަހަރެވެ.
ދަރިފުޅުގެ ފޮޓޯ އަނީތާ ހިއްސާ ކުރީ، އިންސްޓަގްރާމްގައި ހިއްސާ ކުރި ވީޑިއޯއަކާއެކު އެވެ. އެގޮތުން މި ވީޑިއޯގެ ކެޕްޝަންގައި އަނީތާ ވަނީ ދަރިފުޅަށް ކީ ނަން ހިއްސާކޮށްފަ އެވެ.
އަނީތާ އާއި ރޯހިތްގެ ދަރިފުޅުގެ ނަމަކީ އާރަވް އެވެ.
އަނީތާ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާނު ކޮށްފައިވަނީ ނިމިދިޔަ އަހަރު ލޮކްޑައުންގެ ތެރޭގައެވެ.
މީގެ ކުރިންވެސް އަނީތާ އާއި ރޯހިތް ވަނީ އެމީހުންގެ ދަރިފުޅުގެ ފޮޓޯ ހިއްސާ ކޮށްފައެވެ. ނަމަވެސް އެއީ އެ ކުއްޖާގެ މޫނު ނުފެންނަ ގޮތަށެވެ.
އާރަވް އަކީ އަނީތާ އާއީ ރޯހިތްގެ ފުރަތަމަ ދަރިފުޅެވެ. މި ދެމީހުން ކައިވެނި ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ.