ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑަށް ލަނޑުތައް ޖަހައިދިނީ ޑެނިއަލް ޖޭމްސް، ރަޝްފޯޑް އަދި ބްރޫނޯ ފެނާންޑޭސްއެވެ. މިދިޔަ ހަފުތާގައި ޔޫރޮޕާ ލީގުގައި ރިއާލް ސޮސިއެޑާޑް އަތުން މޮޅުވި މެޗުގައިވެސް މި ކުޅުންތެރިން ލަނޑު ޖެހިއެވެ. އެ މެޗުން ޔުނައިޓެޑު މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ނިއުކާސްލްއިން ޖެހި ލަނޑު އެ ޓީމަށް ޖަހައިދިނީ ސެއިންޓް-މެކްސިމެއިން އެވެ. ރޭގެ ނަތީޖާއާއި އެކު ޔުނައިޓެޑު އަދިވެސް އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ. އެއްވަނައިގަ އޮތީ ސިޓީއެވެ.