ads
-------
ކެތްނުވެގެން ޝިލްޕާ އެންމެ ފަހުން ރާއްޖެއަށް އަތުވެއްޖެ
ބޮލީވުޑުގެ މަޝްހޫރު ތަރި، ޝިލްޕާ ޝެޓީ މީގެ ދެ ދުވަހެއް ކުރިން އުޅުނީ ވަރަށް ބޮޑަށް ރާއްޖެ މިސް ވެގެންނެވެ. އެންމެ ފަހުން މާބޮޑަށް ހަނދާންވާތީ މިއަދު މިވަނީ ރާއްޖެއަށް އައިސްފަ އެވެ.

މިއަދު ރާއްޖެއަށް އަންނަ ހަބަރު ޝިލްޕާ ހިއްސާކުރި ނަމަވެސް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އަދި ހިއްސާއެެއް ނުކުރެ އެވެ. އެހެންނަމަވެސް އެއާޕޯޓް ތެރެއިން ބައެއް ދިވެހިންނާއެކު ނަގާފައިވާ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ. 

ޝިލްޕާ ޗުއްޓީ ހޭދަކުރީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ. އަދި މިއީ ކިހާ ދުވަހެއްގެ ޗުއްޓީއެއްކަން ވެސް ސާފެއް ނުވެ އެވެ. 

your imageޝިލްޕާ--

އޭގެ އިތުރުން މި ދަތުރުގައި އެ ޝިލްޕާ އެމީހުންގެ ދަރިން ބައިވެރިކުރާކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ. 

ޝިލްޕާ އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންޑްރާ، އެމީހުންގެ ފިރިހެން ދަރިފުޅު ވިއާން ގޮވައިގެން 2019 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް އަ އެވެ. އެކަމަކު ޝަމީޝާ ލިބުން ފަހުން މިއީ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ. 

ޝިލްޕާ ބުނާ ގޮތުންނަމަ މިއީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ އިންޑިއާ އިން ބޭރަށް ކުރާ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ޝިލްޕާއާއެކު ރާޖް ވެސް ބައިވެރިވެ އެވެ. އަދި އެމީހުންގެ އެކުވެރިން ކަމަށްވާ އަކަންޝާ މަލްހޯތްރާ އާއި ރޯހިތު އަގަރްވާލް ވެސް ބައިވެރިވެ އެވެ.  

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް