ads
އިންޑިއާ ސަފީރު ސަންޖޭ ސުދީރު--
ސިފައިންގެ ކަންކަން ނިންމާނީ ދިވެހި ސަރުކާރުން: އިންޑިއާ
ދިވެހި ސިފައިންގެ ކަންކަން ނިންމާނީ ދިވެހި ސަރުކާރުންކަމަށް އިންޑިއާއިން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިހެން ބުނެފައިވަނީ، އިންޑިއާއިން ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކުރަން ދިން  50 މިލިއަން ޑޮލަރުގެ ޑިފެންސް އެލްއޯސީ އާއި ބެހޭގޮތުން މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދިދީއާ، އަސްކަރިއްޔާގެ އިސްވެރިންނާއި އިންޑިއާގެ ހައިކޮމިޝަނުގެ އިސް ވެރިން ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށްފަހުއެވެ. 

ޑިފެންސް ދާއިރާއިން މާލީ އެހީތެރިކަން ދިނުމާގުޅޭ 50މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކޮށްފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.އެސް ޖައިޝަންކަރް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

your imageޑިފެންސް މިނިސްޓަރާއި އިންޑިއާއި ދެމެދު ކުރިއަށް ދިޔަ މަޝްވަރާ ތަކުގެ ތެރެއިން: -



މި ކްރެޑިޓް ފެސިލިޓީއަކީ އިންޑިއާގެ އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާ ނުވަތަ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނެކެވެ. 

"އެގްޒިމް ބޭންކްގެ އޮފިޝަލުން ވަނީ ޑިފެންސް މިނިސްޓަރ މާރިޔާއާއި ބައްދަލުކުރައްވާ 50 މިލިއަން ޑޮލަރުގެ ޑިފެންސް އެލްއޯސީ އާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ. މި އެލްއޯސީގެ ދަށުން ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކަންކަން ނިންމާނީ ދިވެހި ސަރުކާރުގެ ފަރާތުން،" - އިންޑިއާ-


މި 50 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާޙިމް އަމީރުއެވެ. އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް)ގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖެނެރަލް މެނޭޖަރ ޝްރީ ގޯރަވް ސިންގް މަންދާރީއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް