ads
އަރުޝަދު ހާލިދު---ފޮޓޯ:ފުލުހުން
އަރުޝަދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށްފައިވާ އަރުޝަދު ހާލިދު ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވަނީ މިކަން ސީއެންއެމްއަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

އެގޮތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އިއްޔެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި އަރުޝަދުގެ ބަންދު ރިވިއު ކުރަން ބޭއްވި ޝަރީއަތުގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރު ކޮށްފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އެދެވޭ ހެކި ނެތް ކަމަށް ބުނެ އެވެ.

ރާއްޖެ އަށް ނުވަ ކިލޯ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި އަރުޝަދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. 

މި މައްސަލައިގައި އަރުޝަދުގެ އިތުރުން ދައުލަތުން ދައުވާ ކޮށްފައިވަނީ އަހްމަދު ސުނައިނު، އަހްމަދު ގިޔާސް، އަލީ ޒުބައިރު، ހުސައިން ޒަހީން، އިސްމާއިލް ވިޝާލް، އަސްލަމް ނާޒިމް އަދި އަހްމަދު އިމްސާހުގެ މައްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް