ads
ވީޑިއޯ ރިޕޯޓް:
އިންޑިއާގެ އެހީތަކަށް ކުއްލި ބަދަލުތަކެއް؟
އިންޑިއާއިން ދިވެހިރާއްޖޭގެ ކުޅިވަރާއި ގުޅުން ހުރި ކަންކަމަށް ދޭ އެހީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވިއެޖެ އެވެ.

އެގޮތުން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖެއިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ މާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން، މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް މަހްލޫފްގެ ވާހަކަތަކުން ހާމަވީ، އިންޑިއާއިން ދޭން އޮތް އެހީއާ ގުޅޭ މާބޮޑު ކަންތަކެއް އެމަނިކުފާނަށް އެނގިނުލައްވާކަމެވެ. 

މަހުލޫފު ދެއްކެވި ވާހަކަތަކުން ވެސް އިންޑިއާއިން ދޭން ނިންމާފައިވާ 40 މިލިއަން ޑޮލަރުގެ އެހީއާ ގުޅޭގޮތުން މާބޮޑު ވާހަކަތަކެއް ނުދައްކަވަ އެވެ. އޭގެ ބަދަލުގައި ދެއްކެވީ އިންޑިއާގެ އެހީތަކުގެ ވާހަކައެވެ. އިންޑިއާއިން ދިވެހި އެތްލީޓުންނަށް ދޭ އެހީތަކާއި، އެ އެތްލީޓުންގެ ކުރިއެރުންތަކުގެ ވާހަކައެވެ. އަދި މަހްލޫފްގެ ވާހަކަތަކުން ބޮޑަށް ސިފަވީ އެ ކްރެޑިޓް ފެސިލިޓީ ދޭނީ މީގެ ކުދިން ވެސް ދިންގޮތަށް ޔޫތް މިނިސްޓްރީން މެނޭޖު ކުރާގޮތައް ކަމަށެވެ. އަދި އިންޑިއާއިން ދޭ އެހީތަކަކީ ހަމައެކަނި ކުޅިވަރަށް ފޯކަސް ކުރަން އޮތް އެއްޗެއްކަމެވެ. 

ޒުވާނުންނާއި ކުޅިވަރު މިނިސްޓްރީ ހަވާލުވެހުންނެވި މަހްލޫފް މުޅިންވެސް ދެއްކެވީ ކުޅުވަރުގެ ދާއިރާގެ އެތްލީޓުންގެ ވާހަކަތަކެވެ. ނަމަވެސް އެތައް ޒުވާނުންނެއް ޝާމިލުވާ އެހެން ފަނުންތަކުގެ ނަމެއްވެސް ނުގަންނަވައެވެ. މަހްލޫފް ވާހަކަދެއްވީ އެއީ ހަމައެކަނި އެތްލީޓުންނާއި ހަވާލުވެ ހުންނެވި ބޭފުޅެއްކަމަށް ދޭހަވާ މޭރުމުންނެވެ. 

ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓަރު ވަނީ އެ 40 މިލިއަން ޑޮލަރުގެ ފެސިލިޓީއަކީ ކައުންސިލްތަކާއި ހަވާލުކުރެވި، އެ ކައުންސިލްތަކުން އެ ރަށްރަށެއްގެ ޒުވާނުނަށް އެންމެ މުހިންމުކަންކަމަށް ހަރަދުކުރަން އޮތް ފައިސާކަމަށް ވިދާޅުވެފައެވެ. 

އަދި ދިވެހި ޒުވާނުންނަށް އިންޑިއާގެ ފޮރިން މިނިސްޓަރު ނުހަނު ތައުރީފުކުރެއްވިއެވެ. 

ރާއްޖެއަކީ ހުނަރުވެރި، ބާރުވެރި ޒުވާނުން ދިރިއުޅޭ ގައުމެއް ކަަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޒުވާން މެންބަރުންނަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ. މިހެންކަމުން އިންޑިއާއިން ދިން އެހީ އަމަޒުކުރަން ބޭނުންވަނީ ކުޅިވަރަށް އެކަނި ނޫންކަން ވެސް ހާމަވެފައެވެ. އަދި ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު އޮންނަ ގައުމަކަށްވެސް ވިދާޅުވެ ދިވެހިންނަށް "ހިންޓެއް" ވެސް ދެއްވާފައެެވެ. 

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ އިންޑިއާއިން ދޭ އެހީއަކީ ހަމައެކަނި ކުޅިވަރު އެތިލީޓުންނަށް ފޯކަސް ކުރަން އޮތް އެއްޗެއް ނޫންކަން ނުސީދާ ގޮތަކަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ޒުވާނުންގެ ތެރޭގައި އެތައް ބައިވަރު ފަންނުވެރިންނެއް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި މިއުޒިކުކުޅޭ މީހުންނާއި، އާޓިސްޓުނާއި، ލިތުންތެރިންނާއި، އެތައް ބައެއް އެބަތިބިކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއިން ދޭ އެހީ ފޯކަސް ކުރާނީ ޒުވާނުންނަށް އެހީވާންކަމުގެ ޔަގީންކަން އެމަނިކުފާނު އިންޑިއާއަށް ދެއްވިއެވެ. މިވަރު ވެސް މިނިސްޓަރު މަހްލޫފް އަށް ނުކުރެވުނީ ކީއްވެބާއެވެ؟ 

ކަން މިހެން އޮތުމުން އުފެދޭ ސުވާލަކީ ޔޫތް މިނިސްޓްރީއަށް އިންޑިއާއިން އޮތް އިތުބާރު ގެއްލުނީތޯއެވެ؟ ނުވަތަ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާ މެދު އިންޑިއާއިން ޝައްކުކުރަނީތޯ ވެސް މިއީ މިއަދު އުފެދޭ ސުވާލެކެވެ. ސަބަބަކީ ދާދިފަހުން މަހްލޫފް ވަނީ ހަރުކަށި ފިކުރާއި ގުޅުންހުރި ކަމެއްގައި ސޯސަލް މީޑިއާގައި އަޑު އުފުއްލަވާފަ އެވެ. އަދި މަހްލޫފް ކުރެއްވި ޓްވީޓަކަށް ރިއާޔަތްކޮށް ބައެއް މީހުން ވަނީ އާންމު ފަރުދަކަށް ވަރަށް ބޮޑަށް ދުއްތުރާކޮށް އޭނާއަށް މަރުގެ އިންޒާރުދީ ހަދާފައެެވެ. އިންޑިއާއިން ވެސް މިކަންކަމަށް ސަމާލުކަންދީ މިނިސްޓަރުން ފެންވަރު ބޭފުޅުންގެ ވެސް ބެކްރައުންޑު ބަލާނެކަމާމެދު ޝައްކެއްނެތެވެ.

56%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް