ads
އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ޙުސެއިން ޖަވާޒު
އޭއެފްސީ ކަޕަށް ރާއްޖޭންވެސް ބިޑުކޮށްފި
މި އަހަރުގެ އޭއެފްސީ ކަޕުގެ ސައުތު އޭޝިއާ ޒޯންގެ މެޗުތައް ރާއްޖޭގައި ކުޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވެސް ބިޑުކޮށްފިއެވެ. ސައުތު އޭޝިއާ ޒޯންގެ މެޗުތައް ކުޅެން ދެން ބިޑުކޮށްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އަދި ދަތުރުފަތުރު ކުރުމުގައި ހުރި ހުރަސްތަކުގެ ސަބަބުން އޭއެފްސީން ނިންމާފައިވަނީ އޭއެފްސީ ކަޕުގެ މެޗުތައް މި އަހަރުވެސް ސެންޓްރަލައިޒްޑްކޮށް ކުރިއަށް ގެންދާށެވެ. މި ދިޔަ އަހަރު ވެސް އެ ގޮތަށް ނިންމިއެވެ. އެހެންނަމަ ވެސް ފަހުން މުބާރާތް ކެންސަލް ކުރީއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެފްއޭއެމުން ވެސް ވަނީ ސައުތު އޭޝިއާ ޒޯންގެ މެޗުތައް ރާއްޖޭގައި ބާއްވަން ބިޑުކޮށްފައެވެ. ބިޑު ކުރުމުގެ މުއްދަތު މި ދިޔަ ހަފުތާ ތެރޭ ހަމަވެފައިވާއިރު، އެފްއޭއެމުން ރަސްމީކޮށް މި ކަމުގައި އަދި އެއްޗެއް ނުބުނެއެވެ. މި ދިޔަ އަހަރު ރާއްޖޭގައި މެޗުތައް ކުޅުމުގެ ފުރުސަތު އޭއެފްސީން ދިނީ އެހެން ގައުމަކުން މެޗުތައް ހޯސްޓް ކުރަން ބޭނުން ނުވީމައެވެ. ރާއްޖޭ ހިމެނޭ ގްރޫޕުގައި ހިމެނުނީ ރާއްޖެއާ އިންޑިޔާގެ އިތުރުން ބަންގްލަދޭޝްއެވެ.

އޭއެފްސީ ކަޕްގެ ސައުތު ޒޯންގައި ހިމެނެނީ ރާއްޖޭން މާޒިޔާއާ އިންޑިޔާއިން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ. ބާކީ ޖާގައަށް ވާދަކުރާ ކްލަބުތަކުން ކުޅޭނީ ޕްލޭ އޮފެވެ. ޕްލޭ އޮފް ކުޅޭ ޓީމުތަކުގެ ތެރޭގައި ރާއްޖޭން އީގަލްސް، އިންޑިއާއިން ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްއިން ޑާކާ އަބަހާނީ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް