ads
ތައިމުރް އަދި ރަންދީރު ކަޕޫރް
ކަރީނާގެ ދެވަނަ ދަރިފުޅު ވައްތަރީ ތައިމުރްއާ: ރަންދިރް ކަޕޫރް
އާދިއްތަ ދުވަހު އިރު އަރައިގެން އައީ މަޝްހޫރު ބޮލީވުޑްގެ ފިލްމީ ބަތަލާ ކަރީނާ ކަޕޫރް އޭނާގެ ދެވަނަ ދަރިފުޅު ވިހެއި ހަބަރާ އެކުގައެވެ. އޭނާގެ ގިނަ ފޭނުން އެ ހަބަރާ އެއްކޮށް އުފަލުން ފޮޅުނެެވެ. އަދި އެ ދަރިފުޅުގެ ފެންނާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރާ ކަމަށް ބުނަން ފެށި އެވެ.

ކަރީނާ މިފަހަރުވެސް ވިހައިފައި ވަނީ ފިރިހެން ކުއްޖެވެ. އެ ކުއްޖާ ދެކިލުމަށް ސައިފް އަދި ކަރީނާގެ ފުރަތަމަ ދަރިފުޅު ތައިމުރް ވެސް ވަނީ ގޮސްފައެވެ. އަދި ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރް ވެސް ވަނީ ހޮސްޕިޓަލަށް ކަރީނާ ކައިރިއަށް ގޮސްފައެވެ.

ހޮސްޕިޓަލުން ރަންދީރް ކަޕޫރް ނިކުތް ގަޑީގައި އޭނާއަށް ވަނީ ޕަޕަރާޒީގެ ސުވާލުތަކާ ކުރިމަތި ވެފައެވެ. އެމީހުންގެ ސުވާލުތަކައް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ ކަރީނާ އަދި އޭނާގެ ދެވަނަ ކުއްޖާގެ ހާލުވެސް ރަނގަޅު ކަމަށެެވެ. އަދި ކަރީނާގެ ދެވަނަ ދަރިފުޅު ވެސް ވައްތަރީ އޭނާގެ ފުރަތަމަ ދަރިފުޅު ތައިމުރްއާ ކަމަށް ވެސް އޭނާގެ ބައްޕަ ހާމަކުރި އެވެ.

your imageކަރީނާ، ސައިފް އަދި ތައިމޫރު-

ކަރީނާ އަދި ސައިފްގެ ކައިވެންޏަށް 8 އަހަރު ވެފައިވާއިރު އެމީހުންނަށް މިހާރު ވަނީ ދެ ލޯބިލޯބި ފިރިހެން ކުދިން ލިބިފައެވެ. އަދި އެއާއިލާއަކީ ވަރަށް އުފާވެރި އާއިލާއެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް