ads
މީރާ އާއި ޝާހިދު--
މީރާއަށް ޝާހިދުގެ އެންމެ އުނދަގޫ އާދަ އިނގޭތަ؟
ކޮންމެ ދެމަފިރިއެއްގެ ދެެމެދުގައި ވެސް މައްސަލަތައް ޖެހޭނެ އެވެ. އެގޮތަށް ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖުޕުތުގެ މެދުގައި ވެސް މައްސަލަތައް ޖެހެ އެވެ. އެކަމަކު މި ދެބަސްވުންތަކުން އަބަދުވެސް ސަލާމަތްވާނީ ކޮންމެވެސް އެކަކު ގޮތް ދޫކޮށްގެންނެވެ.
Advertisement

ޝާހިދު އާއި މީރާގެ ކައިވެނީގެ ކޮންމެ ފަހަރަކު ވެސް ދެބަސްވުންތައް ހުއްޓާލަނީ ޝާހިދު މައާފަށް އެދިގެން ކަމަށް މީރާ ބުނެ އެވެ. މީރާ ބުނާ ގޮތުންނަމަ ހުރިހާ ދެބަސްވުންތަކުން މޮޅުވަނީ އޭނާއެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ކުރިއަށް ގެންދިޔަ އާސްކް މީ އެނީތިންގްގައި މީރާ ވަނީ ޝާހިދު ކަޕޫރުގެ އެންމެ އުނދަގޫ އާދަ ވެސް ހިއްސާކޮށްފަ އެވެ. 

މީރާ ބުނީ މެސެޖް ކުރާއިރު ޝާހިދުގެ އިންތިހާއަށް ކުށް ގިނަވާނެ ކަމަށެވެ. އެގޮތުން ޝާހިދު މެސެޖު މެދުވެރިކޮށް ބުނީ ކީކޭތޯ ބަލަން ވަރަށް ރަނގަޅަށް ބަލައި ކިޔަން ޖެހޭ ކަމަށް ބުނެ އެވެ. އެކަމަކު ޝާހިދު ދެކެ އިންތިހާއަށް ލޯބިވާކަން ވެސް ފާހަގަކުރި އެވެ. 

މީރާ އަކީ ފިލްމީ ތަރިއެއް ނޫން ނަމަވެސް އޭނާ އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ އިޝްތިހާރަކުން ވެސް ފެނިގެންގޮސްފަ އެވެ.

މީރާ އާއި ޝާހިދު ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރެވެ. މީރާ އާއި ޝާހިދު ކައިވެނި ކުރީ އޭނާގެ މައިންބަފައިން އެދޭތީ އެވެ. އެމީހުންގެ ކައިވެންޏަށް ފުރަތަމަ ދަރިފުޅު މީޝާ ކަޕޫރު ލިބުނީ 2016 ވަނަ އަހަރެވެ. އަދި ދެވަނަ ދަރިފުޅު ޒައިން ލިބުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް