އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ކޮޅުފުށި މޮނީޓަރިންގެ ހާލަތުން ނެގީ މިއަދު ކަމަށެވެ.
ހޮނިހިރު ދުވަހު ކޮޅުފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
އާބާދީގައި 1438 މީހުން ދިރިއުޅޭ ކޮޅުފުށި ފުރަތަމަ މޮނިޓަރިންގެ ހާލަތައް ގެނެވުނީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ރަށުގައި ޗުއްޓީ ހޭދަކޮށްފައި އަނބުރާ މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެރަށް މިމަހު 11 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތުން ނެގީ ރަށުން ނެގުނު 140 ވަރަކަށް ރޭމްޑަމް ސާމްޕަލް ނެގެޓިވްވުމާ ގުޅިގެނެވެ.