ads
ރައީސް ސޯލިހާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް
ކޭސްތައް މަދެއް ނުވޭ އެކަމަކު ފުޓްބޯޅަ ފަށަން ތައްޔާރުވަނީ
ކޮވިޑުގެ ކޭސްތައް މަދު ނުވިނަމަވެސް މެދު ކަނޑާލާފައިވާ ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމުގެ އިޝާރާތެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފިއެވެ.

ކޮވިޑުގެ ހާލަތު ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލީ މި މަހުގެ ކުރީކޮޅުއެވެ. އޭރު އެއްވަނަ ޑިވިޝަންގެ ބައެއް ކުޅުންތެރިންވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން އެފްއޭއެމުން އޭރު ވަކި އެއްޗެއް ނުބުނެ މެދު ނުކެނޑި ޕްރެޝަރު ކުރަމުން އައީ ފުޓްބޯޅަ އަލުން ފަށާށެވެ. އެހެންނަމަވެސް އެކަމުގައި އަލި މަގެއް އަދި މިހާތަނަށް ފެނިފައި ނުވާއިރު، ކްލަބުތަކުން ވަނީ ރައީސްއާވެސް ބައްދަލުކޮށްފައި ކަމަށް ކްލަބުތަކުން ބުނެއެވެ.

އެންމެ ފަހުން ހޯމަ ދުވަހު ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، ހެލްތު މިނިސްޓަރު ކެރަފާ ނަސީމާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެފައިވެއެވެ. އަދި އާ ގައިޑްލައިނެއްގެ ދަށުން އަލުން ފުޓްބޯޅަ ފެށިދާނެ ކަމުގެ އިޝާރާތެއް ބައްސާމްވަނީ ކުރައްވާފައެވެ.

ލީގު އަލުން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއްވަނަ ޑިވިޝަންގެ ހުރިހާ ކުޅުންތެރިން މިހާރުވަނީ ވެކްސިންވެސް ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް