މިދެމީހުންގެ ވަލީމާ މިދިޔަ މަސްތެރޭ ބޭއްވިފައިވާއިރު އޭރު އަޑުތައް ފެތުރުނު ގޮތުން ޝިދާ އަދި ޒިއާ ކާވެނުކުރަން ހަމަޖެހިފައި އޮތީ ލޯބިވެރިންގެ ދުވަހުއެެވެ.
އެހެންްނަމަވެސް އެދުވަސް ފަހަނާ ދިޔުމަށްފަހު ވެސް މިދެމީހުން ކާވެނިކޮށްފައި ނުވާތީ ކައިވެނިކުރާނީ ކޮން ދުވަހަކު ކަމާއިމެދު ބައެއް މީހުން ތިބީ ސުވާލު މާކެއްގައެވެ.
އެހެންތިއްބާ މިދެ ލޯބިވެރިން މިވަނީ މިއަހަރުގެ އެންމެ ރީތި ތާރީހުގައި ކައިވެނީގެ ގޮށް ޖަހާލާފައެވެ.
ކައިވެންޏަށްފަހު ކުޑަ ހަފްލާއެއްވެސް ބޭއްވިއިރު، އެ ހަފްލާގެ ލޯބި ފޮޓޯތަކެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ނުހަނު އާދައިގެ ގޮތަކަށް ކުރިއަށް ގެންދިޔަ އެ ހަފްލާގައި ނަގާފައިވާ ޒިއާ އާއި ޝިދާގެ ލޯބި ފޮޓޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއްވެސް އަންނަނީ ލިބެމުންނެވެ.
އެގޮތުން ޝިދާގެ ހެނދުމަށްވެސް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު މައުލޫމާތު ލިބޭގޮތުން އެ ހެނދުން ފަހާފައިވަނީ ޝިދާ އަމިއްލައަށެވެ.
ކައިވެނި ހަފްލާގައި ވަނީ ފިލްމީ ދާއިރާގެ ބައެއް ތަރިންވެސް ބައިވެރިވެފައެވެ. އެގޮތުން ފިލްމީ ތަރި ނާއްކޮ އާއި ޒީނަތުވެސް ވަނީ މި ހަފްލާގެ ބައެއް ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނިގެން ގޮސްފައެވެ
ޝިދާ އަދި ޒިއާ ކައިވެނިކޮށްފައި މިވަނީ ހަތަރު މަސް ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުއެވެ