ads
ޑރ.ފަރަހްނާޒް
އައިއެމްއޯއަށް ކަނޑައަޅާ ސަފީރަކަށް ޑރ.ފަރަހްނާޒްގެ ނަން ހުށަހަޅަިފި
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް، އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ޑރ.ފަރަޙްނާޒް ފައިސަލް އައްޔަންކުރެއްވުމަށް އެކަމަނާގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވައިފިއެވެ.

އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ޑރ.ފަރަޙްނާޒް ފައިސަލް އައްޔަންކުރެއްވުމަށް އެކަމަނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވާއިރު، އެކަމަނާގެ ނަންފުޅު ދިރާސާކުރެއްވުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވުމަށް މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައެވެ.

ދިވެހި އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ޑރ. ފަރަޙްނާޒް ޕީއެޗްޑީ ހާސިލްކުރެއްވީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލް އިންނެވެ. 

އެކަމަނާ މިހާރުވެސް ގެންދަވަނީ އިނގިރޭސިވިލާތުގެ ސަފީރުގެ އިތުރުން އަޔަލެންޑާއި ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުންނެވެ. 

މީގެ ކުރިންވެސް ޑރ. ފަރަޙްނާޒް ވަނީ، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑެން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑާކަން ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް