ads
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ގައިދީންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ކަރެކްޝަންސް
ހައްގުތައް ކަށަވަރު ނުވާތީ، 119 ގައިދީން ސިޔާސީ ޕާޓީތަކުން ކެނޑިއްޖެ!
ހައްގުތައް ކަށަވަރު ނުވާކަމަށް ބުނެ، އައްސޭރި ޖަލުގައި ތިބި 119 ގައިދީން ސިޔާސީ ޕާޓީތަކުން ކެނޑިއްޖެއެވެ.

ގައިދީން ސިޔާސީ ޕާޓީތަކުން ކެންޑެން ނިންމީ އަސާސީ ހައްގުތައް ކަށަވަރު ނުވާތީ އެކަމާއި އިހުތިޖާޖު ކުރުމުގެ ގޮތުނެންވެ. 

އެގޮތުން އެންމެ ގިނަ ގައިދީން ކެނޑިފައިވަނީ އެމްޑީޕީންނެނެވެ. އެއީ 92 ގައިދީންނެވެ. ދެން އިދިކޮޅު ޕީޕީއެމް އިން 18 ގައިދީން، ޖުމްހޫރީ ޕާޓީން 7 ގައިދީން، އަދި އަދާލަތު ޕާޓީން 2 ގައިދީންނެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެމުން ޖަލުގައި ތިބި ބައެއް ގައިދީންގެ އާއިލާ މީހުން ބުނީ، ޖަލުގެ ހާލަތު ވަރަށް ގޯސްކަމަށް ގައިދީން ގުޅައި އެމީހުންނަށް ކިޔައިދޭކަމަށެވެ. 

އެގޮތުން ބޭސް ފަރުވާއި، ފެން ،ކެއުން ބުއިން، ފާހާނާ އަދި ޖާގައިގެ ބޮޑެތި ދަތިތަކެއް ހުރިކަމުގެ ޝަކުވާ އެމީހުން އުފުލިއެވެ. 

ކޮވިޑް 19 ގެ ހާލަތުގައިވެސް ޖަލުތަކުގައި ތިބި ގައިދީންނަށް އެންމެ އެކަށީގެންވާ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައި ނެތްކަމަށް ވެސް އެމީހުން ބުންޏެވެ. 

"އަސާސީ ހައްގުތައް ކަށަވަރެއް ނުވޭ ގުޅާފަ އާއިލާ މީހުންގާތު ބުނަނީ. އެމީހުން ފެން ބޯން ވެސް ދާން އޮންނަނީ ވަކި ވަގުތެއް. ރޭގަނޑު 9:15 ގެ ފަހުން ފެނެއް ނުލިބޭ. ފެން އަޅާނެ ފުޅިއެއް ކަހަލަ އެއްޗެހިވެސް ހޯދަނީ އޮފިސަރުން ބޮއެފަ އޮންނަ ހުސްފުޅިފަދަ ތަކެތި ހޮވައިގެން،" -ގައިދީންގެ ބެލެނިވެރިއެއް-

އެގޮތުން އެއް ގައިދީއެއްގެ އާއިލާ މީހަކު ބުނީ އޭނާގެ ތިމާގެ މީހާ ބަންދުކޮށްފައި ހުންނަނީ 64 މީހުންނާއެއް ޔުނިޓެއްގައި ކަަމަށާއި، އެ ޔުނިޓުގައި ވެސް ހުރީ އެންމެ 2 ފާހާނާކަމަށެވެ. 

"ބޭސް ފަރުވާކުރަން ފަރުވާ ކުޑަވެގެން ބައެއް ގައިދީން މަރުވެފައި ވެސް އެބަހުރި ލަސްކުރުމުގެ ސަބަބުން މި ލޮކްޑައުންތެރޭގަ މަރުވެފަ ވެސް އެބަހުރި،"

އޭނާ ބުނީ ގައިދީންނަށް ލިބެންޖެހޭ ޕެރޯލްގެ ހައްގާއި އެހެނިހެން އިންސާނީ ހަގުތައް ވެސް ނުލިބޭކަމަށެވެ. 

މީގެ އިތުރުން އެކި ކުށްތަކުގައި މީހުން ޖަލަށް ލާފައި ތިބި އިރު، އެކަށީގެންވާ ރިހިބިލޓޭޝަން ފަރުވާ ލިބޭނެ ގޮތްވެސް ހަމަޖެހިފައި ނެތްކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

"މީހުން އިސްލާހު ކުރަނީ ޖަލަށް ލައިގެނެއްނޫން. ރަނގަޅު ފަރުވާގެ ނިޒާމެއް ނެތް. ގިނަ ބަޔަކު ޖަލުތެރެއިން ހަރުކަށި ފިކުރާ ގުޅެނީ ވެސް އެކަށީގެންވާ ފަރުވާގެ ނިޒާމެއް ނެތުމުން،"

މި މައްސަލައިގައި ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގައިދީންނަށް ބޭސްފަރުވާ ކުރުމުގެ ކަންކަން ދެ ފުށްފެންނަ އުސޫލަކުން ކުރިއަށް ގެންދިއުމުގެ ގޮތުން ކޮންމެ ހަފްތާއަކުން އެ ސާވިސް އިން ތަފާސް ހިސާބުތައް އާންމުކުރަމުން ގެންދާކަމަށެވެ. ނަމަވެސް ކޮވިޑް 19 ގެ ހާލަތުގެ ސަަބަބުން ބައެއް ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް ކުރަންޖެހޭ ދަތުރުތަކަށް ވެސް ބުރޫއަރާކަމަށް ގަބޫލުކުރާކަމަށެވެ. ނަމަވެސް ބޭސްފަރުވާގެ ކަންކަމަކީ އެ ސާވިސް އިން ވަރަށް އިސްކަން ދީގެން ކުރިއަށް ގެންދާކަމެއްކަމަށެވެ. އަދި ގައިދީންގެ އަސާސީހައްގުތައް ކަށަވަރުކުރުމަށް އެ ސާވިސް އިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި ގައިދީންނާއި، އެމީހުންގެ އާލާގެ ބައެއް ތުހުމަތުތަކަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބުދާރީ ވާނެކަމަށެވެ. 

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމަނައި އެފަދަ ރިޕޯޓެއް އެކުލަވާލިއެވެ.

ޖަލު އޮޑޓް ކުރުމަށް އެކުލަވާލި ކޮމިޝަނުން އެ ކޮމިޝަންގެ މަސައްކަތް ނިންމާ ވަނީ 290 ސޮފްހާގެ ރިޕޯޓެއް ނެރެފައެވެ. މި ރިޕޯޓްގައި ޖަލުތަކުގައި އިސްލާހުކުރަންޖެހޭ 180 ވުރެ ގިނަ ކަންކަން ފާހަގަކޮށްފައިވެއެވެ. 

އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން ޖަލުގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މީހުން ބައިތިއްބާފައިވަނީ މާލެ އާއި މާފުށި ޖަލުގައެވެ.

ރިޕޯޓުގައި ހުށައެޅުންތަކުގެ ތެރެއިން އެންމެ ގިނަ ހުށައެޅުންތައް ރައްދުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށެވެ. އެއީ ހުށައެޅުންތަކުގެ %64 އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުންހުރި %26 އިންސައްތަ ހުށައެޅުން އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒާ ގުޅުން ހުރި %5 ހުށައެޅުމާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާ ގުޅުންހުރި %3 ހުށައެޅުން ރިޕޯރޓްގައި ހިމަނާފައިވެއެވެ.

ޤާނޫނާއި ޤަވާއިދުތަކާ ހިލާފް މައްސަލަތަކާއި، ޢާއްމު މައްސަލަތަކާއި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތަކާއި، އަނިޔާގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ވެސް ރިޕޯރޓްގައި ހިމަނާފައިވެއެވެ.

ސިޔާސީ ޕާޓީތަކުން ވަކިވި ގައިދީންގެ ލިސްޓު: 

your imageސިޔާސީ ޕާޓީތަކުން ކެނޑުނު ގައިދީންގެ ލިސްޓު

your imageސިޔާސީ ޕާޓީތަކުން ކެނޑުނު ގައިދީންގެ ލިސްޓު

your imageސިޔާސީ ޕާޓީތަކުން ކެނޑުނު ގައިދީންގެ ލިސްޓު

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް