މި އެކްސިޑެންޓް ހިނގާފައިވަނީ އެމެރިކާގެ ލޮސް އެންޖަލިސް ކައުންޓީގައެވެ. އެކްސިޑެންޓްވީ އިރު ޓައިގާ ވުޑްސް ނޫން އެހެން އެއްވެސް މީހަކު ކާރުގައި ނެތެވެ. އެކްސިޑެންޓުވުމާއި އެކު ޓައިގާ ވުޑްސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވެން ފަށާފައިވާއިރު، އޭނާގެ ފަޔަށް ބޮޑެތި އަނިޔާތާކެއް ލިބި، އޮޕަރޭޝަނެއް މިހާރު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގެ ތަހުގީގު ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
އުމުރުން ސާޅީސް ފަސް އަހަރުގެ ޓައިގާ ވުޑްސްއަކީ ގޮލްފުގެ ދުނިޔޭގެ އެއްވަނައެވެ. އޭނާވަނީ ބޮޑު ފަނަރަ މުބާރާތް ކާމިޔާބުކޮށްފައެވެ. އޭނާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުންގެ ތެރޭގައިވެސް ހިމެނޭ އެތްލީޓެކެވެ. އޭނާގެ މިލްކިއްޔާތުގެ އަގު އަށްސަތޭކަ މިލިއަން ޑޮލަރަށްވުރެ ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.