ads
ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެފައި--
ވޭމަންޑޫ އިންޖީނު ގޭގައި ރޯވެ އަނދަނީ
ތ، ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެނގިފައިވާ ގޮތުގައި ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެފައި ވަނީ މީގެ ބައިގަޑިއިރެއްހާއިރު ކުރިންނެވެ.

އަލިފާން ރޯވުމާއެކު، ރަށުގެ ރައްޔިތުން ފެން ޖަހައި އަލިފާން ނިއްވުމުގެ މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އެެތަނުގައި ސެންޓްރަލް އޭރިއާ، ކައްދޫ ފަޔާ ސްޓޭޝަންގެ ފަރާތުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެ އެވެ. 

އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ސާފު ނުވާއިރު އަދި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް