ads
ފުލެޓް
ހައުސިން ލޯނު ސްކީމަށް ކުރިމަތިލާން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލަނީ
ހައުސިން ލޯން ސްކީމަށް ކުރިމަތިލުމަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލާނެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭންކުރުމަށް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން "ރަށްވެހި ފަތިސް" ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްވަމުންނެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހައުސިން ލޯން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ ލޯން ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ލޯން ސްކީމެއް ނަމަވެސް، މީގެ ތެރެއިން އަތޮޅުތަކަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީ މެދުވެރިކޮށް އެ ސްކީމަށް ކުރިމަތިލުމަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލާނެކަމަށްވެސް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރުކުރުމުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ރާއްޖެއަށް މުހިންމީ ދެކޮޅުޖެހޭ، އަދި ސަރުކާރަށް ވެސް އާއްމުންނަށްވެސް މާލީގޮތުން ބުރައަކަށް ނުވާނެ ބޯހިޔާވަހިކަމުގެ ހައްލެއް ހޯދުންކަމަށް ވިދާޅުވެފައެވެ. 

އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ކައުންސިލްތަކަށް ކުރެވޭނެ މުހިންމު ކަންކަން ހުރިކަމަށާއި، މިފަދަ ކަންކަމަށް ކުރިމަގުގައި ބާރުއެޅިއްޖެނަމަ އާއްމު ރައްޔިތުންނަށް އޭގެ މަންފާކުރާ މިންވަރު ބޮޑުވާނެކަމަށް ވެސް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް