ads
ފޮޓޯ: ފެނަކަ
މިރޭ ވޭމަންޑޫއަށް އަލުން ކަރަންޓު ފޯރުކޮށްދެވޭނެ: ފެނަަކަ
ތ. ވޭމަންޑޫއަށް މިރޭގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް އަލުން އިޔާދަކުރެވޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވޭމަންޑޫގެ ހާލަތު ބެއްލެވުމަށް އިއްޔެއިއްސުރެ ފެނަކައިގެ އެމްޑީ، ވޭމަންޑޫގައި ހުންނެވިއިރު މިރޭގެ ވަގުތެއްގައި ކަރަންޓު އަނބުރާ ލިބޭނެކަމުގެ ޔަގީންކަން ވަނީ ރައްޔިތުންނަށް އަރުވާފަ އެވެ. 

ތ. ވޭމަންޑޫއަށް ކަރަންޓު ދިނުމަށް އެ އަތޮޅު ގުރައިދޫން 360 ކިލޯވޮޓްގެ ޖަނަރޭޓަރެއް ވެސް ގެންގޮސްފައިވާއިރު މާލެއިން އިތުރު އާ ދެ ޖަނަރޭޓަރު ރަށަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ރަށަށް ގެންދަނީ 600 ކިލޯވޮޓާއި 400 ކިލޯވޮޓުގެ މުޅިން އާ ދެ ޖެނަރޭޓަރު ކަމަށް ސައީދު ވިދާޅުވެ އެވެ. 

ސައީދު ވިދާޅުވި ގޮތުގައި ވޭމަންޑޫއާ ހިސާބަށް ޖަނަރޭޓަރުތައް ގެންދިއުމަށް 12 ގަޑިއިރު ހޭދަވާނެ އެވެ. މިހެންކަމުން، ވޭމަންޑޫގެ ރައްޔިތުންނަށް ރޭ ކަނު އަނދިރީގައި ހޭދަކުރަން ޖެހުނަސް މިއަދު މެންދުރެއްހާއިރު ރަށަށް ޖަނަރޭޓަރު ގެންދެވޭނެ އެވެ.

މެންދުރު 2:30 ހާއިރު ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވީ، އިންޖީނުގޭގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ ރަށުގެ އެކި ސަރަހައްދުތަކުން 30 މިނެޓުން 30 މިނެޓުން ކަރަންޓު ކަނޑަމުންދަނިކޮށެވެ. 

އާބާދީގައި 1800 އެއްހާ މީހުން ދިރިއުޅެމުންދާ ވޭމަންޑޫއަކީ އަތޮޅު ވެރިކަން ކުރާ ރަށް ވެސްމެ އެވެ. މިހެންކަމުން، ކޮންމެ ދުވަހަކު އެރަށަށް އެކިއެކި ހިދުމަތް ހޯދުމަށް ގިނަ ބަޔަކު އެރަށަށް ދެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް