ads
ހައި ކޮމިޝަން ދޮށުގައި މީހުން ކިއުގައި--
ވިސާ މައްސަލައަށް ދެތިން ދުވަހުގެ ތެރޭގައި ހައްލެއް ލިބޭނެ: ހައި ކޮމިޝަން
އިންޑިއާއަށް ދާން ވިސާ ހޯދުމަށް އިންޑިއާ ހައި ކޮމިޝަން ދޮށުގައި ގިނަ ބަޔަކު ކިޔު ހަދައިގެން ތިބޭ މައްސަލައަށް ދެތިން ދުވަހުގެ ތެރޭގައި ހައްލެއް ލިބޭނެ ކަމަށް ހައި ކޮމިޝަނުން ބުނެފި އެވެ.
Advertisement

އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ ވިސާއަށް ފޯމް ހުށައަޅާ ފަރާތްތަކަށް ޓޯކެން ސިސްޓަމްގެ
ސަބަބުން ދިމާވެފައިވާ ދަތިތައް ހައި ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މެޑިކަލް ވިސާއަށް ފޯމް ހުށަހަޅާ ފަރާތްތަކަށް ސްޓްރީމްލައިންކޮށް ޓޯކަން ނެގުމަށް އެ ސިސްޓަމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ދަނީ މަސައްކަތްކުރެވެމުން ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.

ކޮވިޑް-19" ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދުކުރެވިފަ އެވެ. ނަމަވެސް އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކުރެވިފައިވާ އިރު މިއަހަރު އެކަނިވެސް 2000 މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ. 

ހައި ކޮމިޝަނުން ވަނީ ވިސާއަށް ފޯމް ހުށައަޅާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް މައާފަށް އެދިފަ އެވެ. އަދި ވީއެންމެ އަވަހަކަށް އެ މައްސަލައަށް ސްޓްރީމްލައިން ހައްލެއް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ވެސް ދެ އެވެ. 

ވިސާ އަށް ފޯމް ހުށައަޅާ ފަރާތްތަކަށް ޓޯކެން ލިބުމުގައި ދަތިވެ ރޭ ވެސް ގިނަ ބަޔަކު ހައި ކޮމިޝަން ދޮށުގައި ނިދި ނަގާލާއި ކިއުގައި ތިއްބެވެ. 

އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއަށް ދާން ވިސާ ހޯދުމަށް އިންޑިއާ ހައި ކޮމިޝަން ދޮށުގައި ގިނަ ބަޔަކު ކިޔު ހަދައިގެން ތިބޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާ މިނިސްޓްރީން ދަނީ މަޝްވަރާތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް