ads
ސާރާ އަދި ދީޕިކާ
ސާރާ، ދީޕިކާ ދެކެ ވަރަށް ބިރުގަނޭ
ސާރާ އަލީ ހާނަކީ ބޮލީވުޑުގައި ކުރިއަރަމުން އަންނަ ތަރިއަކަށް ވީއިރު، ދީޕިކާ ވަނީ ބޮލީވުޑު އަދި ހޮލީވުޑުގައި ވެސް ފައިތިލަ ސާބިތު ކޮށްފައެވެ. އަދި ގިނަ ސަޕޯޓަރުންގެ ލޯބިވެސް ދީޕިކާ ވަނީ ހޯދާފަ އެވެ. ހަމަ އެގޮތަށް ސާރާގެ ސަޕޯޓަރުން ވެސް ދަނީ އިތުރުވަމުންނެވެ.

ނޫސްވެރިއަކު ސާރާ، ދީޕިކާގެ ފިރިމީހާ ރަންވީރާ ދެމެދު ދެކެނީ ކިހިނެއްތޯ ކުރި ސުވާލަށް ޖަވާބުދެމުން ސާރާ ބުނެފައި ވަނީ އޭނާ ރަންވީރާ މެދު އެއްވެސް ގޮތަކަށް ދެކެން ބޭނުން ނުވާ ކަމަށެވެ. އެއީ ދީޕިކާ ފަދަ ރީތި އަންހެނަކާ އޭނާ އިނދެގެން އުޅޭތީކަމަށް ވެސް ސާރާ ބުނެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

" އެކަހަލަ ސުވާލު އަހަންނަށް ނުކުރުން އެދެން. އެއީ އަހަރެން، ދިޕިކާ ދެކެ ވަރަށް ޖެހިލުންވޭ. ދީޕިކާ ރުޅިއަރުވާކަށް ބޭނުންނުވޭ،" ސާރާ ބުންޏެވެ.

ސާރާ އަލީ ހާން އަކީ ސައިފް އަލީ ހާން އަދި އަމްރިތާ ސިންގްއަށް ލިބިފައިވާ ހަމައެކަނި އަންހެން ދަރިފުޅެވެ. އެ ދެތަރިންގެ ފިޔަވަޅުތަކުގެ ދަށުން ސާރާ ވެސް މިހާރު ދަނީ ބޮލީވުޑުގައި ފައިތިލަ ސާބިތު ކުރަމުންމެވެ.

އަދި އޭނާ މިހާރު ބޮލީވުޑުގެ ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު، ގިނަ ބައެއްގެ ތަރުހީބާއި ލޯބިވެސް ސާރާއަށް ވަނީ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް