ads
އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުން--
އިންޑިއާ ވިސާ ހޯދަން ހޮޓްލައިނެއް ގާއިމްކޮށްފި
އިންޑިއާއަށް ދިޔުމަށް ވިސާ ލިބުމުގައި ދިމާވެފައިވާ ދަތިތަށް ހައްލުކުރުމަށް ވިސާގެ ކަންކަން ހަމަޖެއްސުމަށް ހޮޓްލައިނެއް އިންޑިއަން ހައި ކޮމިޝަނުން ގާއިމްކޮށްފި އެވެ.

އެގޮތުން އިންޑިއަން ހައި ކޮމިޝަނުން ބުނެފައި ވަނީ ވިސާ ހޯދުމަށް ދިމާވެފައިވާ ދަތިތަށް ހައްލުކުރުމަށް އެކޮމިޝަންގެ ހޮޓްލައިން ނަމްބަރު (7563947) މެދުވެރިކޮށް ވިސާ ހޯދުމަށް އެޕޮއިންޓްމެންޓު ހެދުމަށް އެދޭ ކަމަށެެވެ.

އަދި އެޕޮއިންޓްމެންޓު ހެއްދުމަށް އެ ހޮޓްލައިނަށް ކޮންމެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަު ހެނދުނު 9:30 އިން މެންދުރު 12:30 ގުޅުމަށް ވެސް އިންޑިއަން ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަދި  އިންޑިއަން ހައި ކޮމިޝަނުން އެއްވެސް ފަރާތަކައް އެތަނުން ނަންބަރު ދޫނުކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ބުނެފައި ވަނީ ވިސާ ހެއްދުމަށް އަލާފައިވާ މި ފިޔަވަޅުތަކަކީ ވަގުތީ ފިޔަވަޅުތަކެއް ކަމަށާއި އަދި ވިސާ ހޯދައްވަން އެ ކޮމިޝަނަށް އަންނަ ފަރާތްތައް ހާޒިރުވާއިރުގައި އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ވެސް ގެނައުމަށް  އިންޑިއަން ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވިސާ އަށް ފޯމް ހުށައަޅާ ފަރާތްތަކަށް ޓޯކެން ލިބުމުގައި ދަތިވެ ގިނަ ބަޔަކު ހައި ކޮމިޝަން ދޮށުގައި ނިދި ނަގާލާއި ކިއުގައި ދަނީ ތިއްބެމުން ނެވެ. 

އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއަށް ދާން ވިސާ ހޯދުމަށް އިންޑިއާ ހައި ކޮމިޝަން ދޮށުގައި ގިނަ ބަޔަކު ކިޔު ހަދައިގެން ތިބޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާ މިނިސްޓްރީން ދަނީ މަޝްވަރާތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް