ads
ވީޑިއޯ ރިޕޯޓް-
ފްލެޓް ކޮބައިތޯ ބަލަން ނިކުމެ ގޮވަނީ ރައީސް ޔާމީން މިނިވަންކުރަން!
ދަނޑިވަޅަކީ ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެ، އަލުން މާލެ ފުރަބަންދުކުރަން ޖެހިދާނެކަމަށާއި، ފިޔަވަޅުތައް އަނެއްކާވެސް އިހުނަށްވުރެ ހަރުކަށި ކުރަން ޖެހިދާނެކަމަށް ސިއްހީ މާހިރުންނާއި، ސަރުކާރުންވެސް އަންގާ އިއުލާން ކޮށްފައިވާ ދަނޑިވަޅެކެވެ. ނަމަވެސް މި ދަނޑިވަޅުގައިވެސް ފެންނަމުން މިދަނީ، ކޮންމެ ދުވަހެއްގައި ކަހަލަ ގޮތަކަށް، ހާއްސަކޮށް މިފަހަކަށް އައިސް ކޮންމެ ހުކުރު ދުވަހެއްގައި، ސިޔާސީ ޖަޒުބާތެއްގައި ޖެހި ހާލަތުގެ ހައްސާސްކަން ހަނދާންނެތި މަގުމަތީގައި އެއްވެ މުޒާހަރާ ކުރާ މަންޒަރެވެ.

މި ފާހަގަކުރަނީ ސިޔާސީގޮތުން މިއަދު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން، ނުވަތަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްނަގައިގެން އާންމުކޮށް ކޮންމެ ހުކުރު ދުވަހެއްގައި މަގުމަތީގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ވާހަކައެވެ. 

އެ މުޒާހަރާތަކަށް އާންމު ރައްޔިތުން ކަމުގައި ވިޔަސް، އިދިކޮޅުގެ ސަޕޯޓަރުން ކަމުގައި ވިޔަސް، ނުވަތަ އިދިކޮޅަށް ތާއީދުކުރާ ސިޔާސީ އެކްޓިވިސްޓުން ކަމުގައި ވިޔަސް، އެ ނިކުންނަނީ، ހަމައެކަނި ސިއްހީގޮތުން އަދުގެ ހާލަތު ހަނދާން ނެތިގެންނޭ ބުނުމުގެ ފުރުސަތެއް ނެތެވެ. ހަމަ ގައުމުވެސް، ކޮވިޑުގެ ހާލަތުވެސް ސިޔާސީ ކޮށްލައި، ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް އެއީ ސިޔާސީ ބޭނުމެއްގައި އަޅާފައިވާ ފިތަވަޅުތައް ކަމަށް ނިންމައި، ކޮވިޑުގެ ސަބަބުން ރާއްޖޭގެ ހާލަތު މިވަގުތު އޮތީ ނުރައްކަލުގައި ނޫންކަމަށް ގަބޫލުކޮށްގެން ނިކުންނަ ފަރާތްތައްވެސް އޭގެތެރޭގައި ހިމެނެއެވެ. 

މިހެންވެ ފާހަގަކުރަން ޖެހެނީ، އެ އެއްވުންތައް ހުއްޓުވައި، މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވާ ފުލުހުން، އެ މުޒާހަރާތަކަކީ ގާނޫނާ ހިލާފު މުޒާހަރާތަކެއް ކަމަށް ނުވަތަ އެއީ ގާނޫނާއި ހިލާފު އެއްވުންތަކެއް ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަނަމަވެސް، މުޒާހަރާ ދޫކޮށް ދާން ދެކޮޅުހަދާ، ބޮޑާހާކާ ބަޔަކު އުޅޭތީއެވެ. މުޒާހާރާ ދޫކޮށް ދިއުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް ފުލުހުންނާއި ޖަދަލުކޮށް، މި ދަނޑިވަޅުގައި އެއްވެއުޅުން މަނާވަނީ ކޮން ގާނޫނަކުންތޯ ސުވާލު އުފައްދާ މީހުން ވަކި މަދެއް ނޫނެވެ. 

ކޮންމެއަކަސް ފާހަގަކުރަން މިއުޅޭ ވާހަކައަކީ މުޅިއަކުން އަދި ގާނޫނުގައި އެކަން އޮތްގޮތާއި، ނުވަތަ މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ނުކިޔަމަންތެރިވާ ވާހަކަ އެކަންޏެއް ނޫނެވެ. އޭގެ އިތުރަށް، މުޒާހަރާ ކުރަމުންދާ ވަގުތު، މުޒާހަރާގެ ތެރެއިން ފެންނަ ދެކޮޅު ނުޖެހޭ ނުވަތަ މުޒާހަރާގެ މައުލޫ އާއި ހިލާފު ކަމެއްގެ ވާހަކައެވެ. 

މިފަހުން އައިސް އިދިކޮޅުން ކުރާ ސިލްސިލާ މުޒާހަރާތަކުގެ މަގްސަދުގެ ގޮތުގައި އިދިކޮޅުން ފާހަގަކުރާ ކަމަކީ، މިސަރުކާރުން ބޯހިޔާވަހިކަމުގެ ހައްގު ބައެއްގެ އަތުން ނިގުޅައިގަތް މައްސަލައެވެ. ނުވަތަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފައްޓަވައިދެއްވި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދިނުމުގައި މިސަރުކާރުން ނާއިންސާފުން ކަންކުރި މައްސަލައެވެ. މުޒާހަރާއަށް އިދިކޮޅުން އިއުލާން ކުރަނީވެސް އެ މައްސަލަ ހުއްޖަތަކަށް ހަދައިގެންނެވެ. 

ކޮންމެއަކަސް މަގޭ ފްލެޓް ކޮބާގެ ނަމުގައި މުޒާހަރާ ކުރުމަށް ނިކުމެ މަގުމަތީގައި އެންމެ ފުރަތަމަ އަޑުއުފުލާ ފެންމަތިކުރަން ފަށަނީ، މި ފާހަގަކުރި މައްސަލަތަކެވެ. ހައްތަހާވެސް ފްލެޓުގެ މައްސަލައެވެ. ބޯހިޔާވަހިކަމުގެ މައްސަލައެވެ. އިންސާނީ ހައްގެއް ނުލިބި ނިކަމެތި ވުމުގެ ސަބަބުން ރައްޔިތުމީހާ މަގުމަތިވާ މައްސަލައެވެ. 

ނަމަވެސް އެއްވުން ރޫޅާލުމުގެ މަސައްކަތް ފުލުހުން ފެށުމާއިއެކު ދެން މުޅިން އެއްކޮށް މުޒާހަރާގެ ކުލަވަރު ތަފާތުވެއެވެ. ގޮވާ ގޮވެލި ތަފާތުވެއެވެ. ކިޔާ ބަނދިވަރުވެސް މުޅިން ތަފާތުވެއެވެ. ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ނުވަތަ އެ ހައްގު ހޯދުމަށް ނިކުތް މުޒާހަރާގެ ބައިވެރިންނަށް މައުލޫ އޮޅި، ސިޔާސީ ޖަޒުބަތުގައި ޖެހި އޮޔާ ގެންދަން ފަށައެވެ. ރާގު މުޅިން ބަދަލުވެ ދެން ގޮވާން ފަށަނީ، ރައީސް ޔާމީން މިނިވަން ކުރުމަށެވެ. 

ރާގު ބަދަލުވެ ގޮވާން ފަށަނީ، ރައީސް ޔާމީނަށް ސަރުކާރުން އަނިޔާކުރާ ވާހަކައެވެ. އެމަނިކުފާނަށް ތައުރީފުގެ ބަސްތައް ބަނޑުންކޮށްލައި ރައީސް ޔާމީންގެ އޯގާތެރިކަމާއި، ގެނެސްދީފައިވާ ތަރައްގީގެ ވާހަކަތަކުން މުޅި މަގުމަތު ދިޔަބޮޑުކޮށްލައެވެ. 

މިހެން ކަންތައް ދިމާވީއެއް އެންމެ އެއްވުމެއްގައެއް ނޫނެވެ. މަގޭ ފްލެޓް ކޮބާގެ ނަމުގައި އިދިކޮޅުން މިފަހުން ބޭއްވި ކޮންމެ މުޒާހަރާއެއްގައިވެސް ފެނުނީ ހަމަ މި މަންޒަރެވެ. މިހާ ހިސާބުން ހަމަ ހަގީގަތުގައިވެސް ސުވާލު އުފެދެއެވެ. އެއީ އެ މުޒާހަރާތައް ކުރުމަށް ނިކުންނަނީ ހަމަ ހަގީގަތުގައިވެސް ފްލެޓު ނުލިބިގެން ބާއޭ އުފެދޭ ސުވާލެވެ. ނުވަތަ އެއީ މަގުމައްޗަށް ނިކުމެ ހާލަތު އިތުރަށް ނުރައްކާ ވެދާނެކަން ގަބޫލުނުކޮށް އެއްވުން ބާއްވައި މަސްލަހަތު ނަގާލަން ދައްކާ ހުއްޖަތެއްތޯ އުފެދޭ ސުވާލެވެ. 

ދެން އެހެން ނޫންނަމަ މިކަމުގައި އަހަރެންގެ ނަޒަރު އައްސަވާށެވެ. އަހަރެންގެ ނަޒަރުގައި އެއީ ހަމަ ސިޔާސީ ގޮތުން އިދިކޮޅުގައި ތިބި ފަރާތްތަކުން ސިޔާސީ މަޝްރަހު ހޫނުކޮށްލައި ހަލަބޮލި ކޮށްލުމަށް މުޒާހަރާއެއް ކުރުމަށް ދައްކާ ހުއްޖަތެކެވެ. އެއިން ކޮންމެ މުޒާހަރާއެއް ކުރުމަށް ބޯހިޔާވަހިކަމާއި ފްލެޓުގެ ވާހަކައިން ހުއްޖަތެއް ދެއްކިނަމަވެސް ފަހަތުގައި ވަނީ އެންމެ މަގްސަދެކެވެ. އެއީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުމެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް