ads
އެެމެރުކާގެ ރައީސް ޖޯ ބައިޑެން ސިފައިންނާ މަޝްވަރާ ކުރައްވަނީ:
ބޮން އަޅަން ބައިޑެން ދިން ފުރަތަމަ އޯޑަރު، 22 މަރު!
އެމެރިކާއިން ސީރިއާގެ ބޯޑަރުމަތީ ސަރަހައްދަކަށް ބޮން އަޅައި 22 ހަނގުރާމަވެރިން މަރާލާފައިވާކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ. މި ހަމަލާއަކީ ބައިޑެން ގެ އޯޑަރަކަށް ދިން ހަމަލާއެކެވެ. މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖެނުއަރީ މަހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މިފަދަ ހަމަލާއެއް ދިނުމަށް އޯޑަރު ކުރެއްވި ފުރަތަމަ ފަހަރެވެ.

އެމެރިކާއިން ހާމަކޮށްފައިވާ ގޮތުން މި ހަމަލާ ދިނީ ބުރާސް ފަތި ދުވަހުއެވެ. މި ހަމަލާގައި މަރާލާފައިވަނީ އީރާނަށް ތާއީދުޖުރާ 22 މީހަކު ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިނސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނެއެވެ. ނަމަވެސް މި އަަދަދު އިތުރުވުން ވެސް އެކަށީގެންވެއެވެ. އަދި މަރުވީ މުޅިންވެސް ހަނގުރާމަވެރިންކަން ވެސް އަދި ޔަގީނެއް ނުވެއެވެ. 

އެމެރިކާއިން ބުނަނަނީ ހަމަލާ ދިނީ އީރާނަށް ތާއީދު ކުރާ ހަނގުރާމަވެރި ޖަމާއަތެއްގެ އަސްކަރީ ބޭސް އަކަށްކަމަށެވެ. 

މި ހަމަލާ ދީފައިވަނީ އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ރޮކެޓު ހަމަލާތަކެއް ދިނުމުން އެކަމުގެ ރައްދެއްގެ ގޮތުންކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ ވޮޝިންޓަން އިން ބުނެފައިވެއެވެ.  

ބައިޑެން އެމެރިކާގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތްތަކުން އިރާގުގައި ހުންނަ އެމެރިކާގެ ކޯލިޝަނުގެ އަސްކަރީ ތަންތަނަށް ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ.

މި ހަމަލާތައް ދިންނަމަ ވެސް، އެމެރިކާ ސަރުކާރުން އޭރު މަސައްކަތް ކުރަމުން ދިޔައީ އީރާނާއި އެކު ސުލްހައިގެ އެއްބަސްވުމަށް އައުމަށް ކަމަށް އެމެރިކާއިން ދިޔާއީ ބުނަމުންނެވެ. 

19%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް