ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރި ވަނީ---
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ރާއްޖެއިން ކޮވިޑް-19 ގައި ދިވެހި އަންހެނަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ރޭ 12:22 ގައި މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 80 އަހަރުގެ އަންހެނެއް ކަމަށެވެ.

މިހާއެކު ރާއްޖެއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 61 އަށް އަރާފަ އެވެ.

ފާއިތުވި ޑިސެމްބަރު މަހަށް ވުރެ މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ މަރުތައް އިތުރުވެފައިވާކަން އެޗްޕީއޭ އިން ހަމަކުރެ އެވެ. އެގޮތުން މިއަދު މަރުވި މީހާއާއެކު މިމަހު އެކަނި ވެސް ނުވަ މީހަކު މިވަނީ މަރުވެފަ އެވެ. 

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 19،479 ގައި އުޅޭއިރު ބަލިން 17002 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2410 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް