ads
މިނިސްޓަރު އިމްރާން އަބްދުﷲ--
ސުލްހަވެރި ސިޔާސީ ހަރާކަތަށް އަބަދުވެސް ފުރުސަތު އޮންނާނެ: އިމްރާން
ސުލްހަވެރި ސިޔާސީ ހަރަކާތަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިފަދަ މޭރުމަކުން މިއަދު ޓްވީޓެއް ކުރައްވާފައި މިވަނީ އިއްޔެ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއަށް އިޝާރާތް ކުރައްވާ، ކުރެއްވި ޓްވީޓެއްގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ. 

އިމްރާން ވިދާޅުވެފައި ވަނީ މުޒާހަރާކުރުމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މެން ގެންގުޅޭ އުކުޅު ވަރަށް ރަނގަޅަށް އެނގިލައްވާކަމަށެވެ. 

އެ ޓްވީޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އިމްރާންގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ. އެގޮތުން ރާއްޖޭގެ ހޯމް މިނިސްޓަރުކަން ކުރަން އިމްރާން ކުފޫ ހަމަނުވާ ކަމަށާއި އިމްރާންގެ ކިބައިން ފެނިގެންދިޔައީ އެކްޓިވިސްޓެއްގެ ގައިން ފެނިގެންދާނެ މަންޒަރު ކަމަށް އިދިކޮޅުން ބުނެ އެވެ. 

އެ މައްސަލާގައި އިދިކޮޅުގެ ފާޑުކިޔުން އިމްރާނަށް އަމާޒުވެފައިވަނިކޮށް ކުރެއްވި ޓްވީޓުގައި އިމްރާން ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށެވެ. ރައްޔިތުންނަށް ފަހިވާނީ އޭރުން ކަމަށާއި އަދި އެމަގަށް އެންމެ ފަހިވާނެހެން މި ސަރުކާރުން ފުރުސަތުދޭނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިއްޔެ ހަވީރު ފުލުހުން ހުރަސް އެޅި ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އިހުތިޖާޖު ފެށުމުގެ މާކުރިން އެ ސަރަހައްދުން މީހުން ދުރުކުރުމުގެ މަސައްކަތް ފުލުހުން ފެށިއިރު އޭގެ މާކުރިން އިއްޔެގެ މުޒާހަރާއަށް ފުރުސަތު ނުދޭނެކަން ފުލުހުން އޮތީ އަންގާފަ އެވެ. 

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ދިހަ މީހުންނަށް ވުރެ އިތުރަށް އެއްވުން އެޗްޕީއޭ އިން މަނާކޮށްފައިވާތީ ގާނޫނާއި ގަވާއިދާއި ހިލާފަށް އެއްވުން ބާއްވަން މިދަނޑިވަޅުގައި ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް