ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައީސް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ނައިބު ރައީސް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރިކަމަށް މަބްރޫކު ވިދާޅުވީ ބުދަ ދުވަހު އެވެ. އަދި އެމަނިކުފާނު އެޑްމިޓް ކުރީ ގަދަ ހުމެއް އައިސްގެންކަމަށް މަބްރޫކު ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް-19 އަށް ނައިބު ރައީސް ނެގެޓިވް ކަމަށް މަބްރޫކު އޭރު މައުލޫމާތު ދެއްވި އެވެ.
ނައިބު ރައީސްވެސް ވަނީ މިއަދު އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުއާ ފޮނުވި ހުރިހާ އެންމެނަށް ޝުކުރު ދަންނަވަމުން ޓުވީޓެއް ކުރައްވާފަ އެވެ.