ads
----
މާދަމާއިން ފެށިގެން ނުވަޔަކުން ދަށުގެ ކުދިންނަށް ސްކޫލްތައް ބަންދުކޮށްފި
މާދަމާއިން ފެށިގެން ގްރޭޑް ނުވަޔަކުން ދަށުގެ ކުދިންނަށް ސްކޫލްތަކަށް ގޮސްގެން ކިޔަވައިދިނުން މަޑުޖައްސާލަން ނިންމައިފި އެވެ.

މާދަމާއިން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 9 އެއްގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. 

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މިނިސްޓަރު ޑރ، އައިޝަތު އަލީއަށް ފޮނުއްވި ސިޓީގައި ވަނީ މިދުވަސްވަރު ކޮވިޑް-19 ގެ ކޭސްތައް މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދިޔުމާއެކު މިހާރު އެޅިފައި ހުރި ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭތީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅު އެޗްޕީއޭ އިން އަޅަމުން އަންނަ ކަމަށެވެ. 

އެގޮތުން މިވަގުތުގެ ހާލަތަށް ބަލާއިރު ބަލި ކޮންޓްރޯލްކޮށް ބަލި ޖެހޭ އަދަދުތައް މަދުކުރެވޭނީ އަވަސް ފުރުސަތެއްގައި އެކުގައި ބަލި ފެތުރޭ ފަދަ ހައި ރިސްކުކަންކަން މަދުކޮށްގެންނާއި މީހުން އެއްތަނުން އަނެއް ތަނަށް ދިއުން މަދުކޮށްގެން ކަމަށް އެ ސިޓީގައި ބުނެ އެވެ. 

އެހެންކަމުން، ބަލި ފެތުރޭ މިންވަރާއި ހާލަތަށް ބަލާއި ބަލި ފެތުރުމުގެ ރިސްކް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލުތަކުގެ ހުރިހާ ޕިޒިކަލް ކްލާސްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ. 

މިދިޔަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިހާރު ކުރިއަށްދާއިރު މީގެ ކުރިން އޮތީ ގްރޭޑް ހަޔަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލާފަ އެވެ. އެކަމަކު ހާލަތު ގޯސްވާތީ މިވަނީ ގްރޭޑް 7، 8، އަދި 9 ގެ ކުދިން ވެސް ސްކޫލަށް ގެންދިއުން ހުއްޓާލަން ނިންމާފަ އެވެ. ދެން އެ ކުދިންގެ ކިޔެވުން ކުރިއަށްދާނީ އޮންލައިންކޮށެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
61%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް