ads
އައްޒަ އޭނަގެ މަންމަ އާއިއެކު
އައްޒަ، މަންމަގެ އުފަންދުވަހު ހަދިޔާއަކަށް ދިނީ 4ކޭ ޓީވީއެއް!
އިއްޔެއަކީ މަޝްހޫރު ފިލްމީ ތަރި އާމިނަތު ރަޝީދާ (އައިންތު)ގެ އުފަންދުވަހެވެ. މިދުވަސް ފާހަަގަކުރުމުގެ ގޮތުން އައިންތުގެ ދަރި އަދި މަޝްހޫރު ފިލްމީ ތަރި އައްޒަ ވަނީ މަންމައަށް ސަޕްރައިޒެއް ދީފައެވެ.

އައްޒަގެ އިންސްޓަގްރާމް އަދި ފޭސްބުކް ސްޓޯރީގައި އެ މަންޒަރުތައް ހިއްސާކޮށްފައިވާއިރު އައިންތުގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ދެ ކޭކާއިއެކު ނަގާފައިވާ ފޮޓޯތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

your imageއައިންތުގެ އުފަންދުވަހުގެ ސެލެބްރޭޝަން ތެެރެއިން

އަދި މިދުވަހު އައްޒަ މަންމައަށް ހަދިޔާއެއްގެ ގޮތުން ދީފައިވަނީ 50 އިންޗީގެ 4ކޭ ޓީވީއެކެވެ. މި ޓީވީއާއިއެކު ނަގާފައިވާ ފޮޓޯތަކާއި ބޫމަރޭންގް އައްޒަ ވަނީ ހިއްސާކޮށްފައެވެ. އައްޒަވަނީ މިފަދަ ހާއްސަ ދުވަސްތަކާއި ގުޅުވައިގެން މީގެ ކުރިންވެސް އާއިލާގެ އެކި މެންބަރުންނަށް މިފަދަ އަގުބޮޑު ހަދިޔާތައް ދީފައެވެ.  

your imageއައިންތުގެ އުފަންދުވަހުގެ ހަދިޔާ

އައިންތު އަކީ ރާއްޖޭގެ މަޝްހޫރު ގިނަ ފިލްމްތަކުގައި ތަފާތު އެތައް ރޯލަކުން ފެނިގެންގޮސްފައިވާ ކުޅަދާނަ ފިލްމީ ތަރިއެކެވެ. މިހާރު ވެސް ގިނަ ފިލްމްތަކަކުން އައިންތުގެ ހުނަރުވެރިކަން ފެނިގެންދާއިރު މިފަހަކުން އައިސް ކޮވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އާއްމުކުރާ ގިނަ އެވެއާނެސް ސްޕޮޓްތަކުންވެސް އައިންތުގެ ހުނަރުވެރިކަން ވަނީ ފެނިގެންގޮސްފައެވެ. 

44%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް