ads
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު-- ފޮޓޯ: ވީނިއުސް
ގާނޫނު އަސާސީ ތަރިކަ މުދަލަށް ހަދައިފި: މިނިސްޓަރު މަލީހު
ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެއްޖެ ކަމަށާއި، ގާނޫނު އަސާސީއަކީ ތަރިކަ މުދަލަކަށް ހަދައިފިކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހު މިހެން ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެޖެންޑާ ކުރުމާއި ގުޅިގެންނެވެ. 

މަލީހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެއްޖެ ކަމަށާއި، ގާނޫނު އަސާސީ ތަރިކަ މުދަލަށް ހަދާފައިވާ ކަމަށް ކަމަށެވެ. އަދި އަސާސެއް ނެތްކަމެއްގައި ދޮގު އިލްޒާމެއް އަޅުވައިގެން ބޭއިންސާފުން ދޭ އަދަބު ބޭޒާރުވާނެ ކަމަށާއި، ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ. 

އޭގެ އިތުރުން މިނިސްޓަރު މަލީހު ވަނީ ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް ފާޑުވިދާޅުވެފައެވެ. 

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ސުޕަ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް