ސައިންސުވެރިން ބުނެފައިވަނީ މި އައިސްގަނޑު ނެއްޓުނީ ހޮނިހިރު ދުވަހުއެވެ. އެ އައިސްގަޑުގައި 490 އަކަ މޭލު ހުރިކަމަށް ބްރިޓިޝް އެންޓާޓިކް ސާވޭ ޓީމުން ވަނީ ހާމަކޮށްފައެވެ.
އެމީހުން ވަނީ އައިސްގަޑު ނެއްޓިގެން ދާތަނުގެ ވީޑިއާއޯއެއް ވެސް އާންމުކޮށްފައެވެ.
މި އަހަރު މިހާ ބޮޑު ބައެއް އެންޓާޓިކާއިން ނެއްޓިގެން ދާނެކަަމަށް ބައެއް ސައިސްސުވެރިން ވަނީ އަންދާޒާކޮށްފައެވެ. ސަބަބަކީ މީގެ 10 އަހަރު ކުރިން އެންޓާޓިކާގެ ގަނޑުފެންތަކުގައި ވަނީ ބޮޑު ރެނދެއް ލާން ފަށާފައެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން އެންޓާޓިކާގައި ހުރި ގަނޑު ފެންތައް އަންނަނީ ވިރެމުންނެވެ. މީގެ ސަބަބުން ދިވެހިރާއްޖެ ފަދަ ބިންތިރި ގައުމުތައް އަނޑިއަށް ގޮސްދާނެކަމުގެ ބިރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑު ވަމުންނެވެ.