މިއަދު ކްރިސްޓަލްއަށް 31 އަހަރުވެގެންދާއިރު އޭނާ ބުނީ އޭނާގެ ހަޔާތުގައި ބައިވެރިއަކު ނެތް ކަމަށެވެ. ސިންގަލްކޮށް މިހާރު އޭނާހުރިއިިރު ކައިވެންޏަކާ މެދު ނުވެސް ވިސްނާ ކަމަށް ބުނެ އެވެ.
ކްރިސްޓަލް ވަނީ އޭނާ މިވަގުތު ފޯކަސް ކުރަން ބޭނުންވަނީ ކެރިއަރަށް ކަމަށް ވެސް ބުނެފަ އެވެ.
ޓީވީ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކުރި ޖީވިކާއަށް ވަނީ ބޮލީވުޑުން ވެސް ފުރުސަތު ލިބިފަ އެވެ. އެގޮތުން އޭނާ ބޮލީވުޑަށް ނިކުންނަ ފިލްމަކީ އަމީތާބު ބައްޗަނާއި އިމްރާން ހާޝްމީ ލީޑު ރޯލުން ފެނިގެންދާ "ޗެހްރޭ" ނަމަކަށް ކިޔާ އެ ފިލްމެކެވެ.
ކްރިސްޓަލް ވަނީ ގިނަ ޓީވީ ޝޯތަކުގައި މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާ ފެނިގެން ދިޔަ ބައެއް ޝޯތަކުގެ ތެރޭގައި "ބޭލަން ވާލީ ބަހޫ" އާއި "އެކް ނައީ ޕެހެޗާން" އަދި "ބަތު ހަމާރީ ޕައްކީ ހޭ" ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;