ads
ޝްރައްދާ--
އާއިލާ މީހެއްގެ ކައިވެންޏަކަށް ޝްރައްދާ ރާއްޖެ އަތުވެއްޖެ
ބޮލީވުޑުގެ ޒުވާން ތަރި، ޝްރައްދާ ކަޕޫރު ރާއްޖެ އަތުވެއްޖެ އެވެ.

ޝްރައްދާ މިއަދުގެ ވަގުތެއްގައި ރާއްޖެއަށް އައިސްފައި ވަނީ އޭނާގެ ދެބެއިންގެ ދެދަރި ކުއްޖަކު ރާއްޖެގައި ކައިވެނިކުރާ ގޮތަށް ހަމަޖެހިފައިވާތީ އެވެ.

ޝްރައްދާއާއެކު އޭނާގެ އާއިލާ ރާއްޖެއަށް އައީ އެމީހުންގެ އާއިލާގައި ހިމެނޭ ޕްރިޔާންކް ޝަރްމާ އާއި ޝަޒާ މޮރާނީގެ ކައިވެނީގައި ބައިވެރިވުމަށެވެ. އެކްޓަރު ޕަދްމިނީގެ ދަރިފުޅު ޕްރިޔާންކާއި ޕްރޮޑިއުސަރު ކާރިމް މޮރާނީގެ ދަރިފުޅު ޝަޒާ ކައިވެނިކުރީ ފެބްރުއަރީ މަހުގެ ކުރީކޮޅު ކޯޓުގަ އެވެ. ފަހުން ރައްޓެހިންނާއި ގާތް މީހުންނަށް ޕާޓީއެއް ބޭއްވި ނަމަވެސް ވަރަށް ކުލަ ގަދަ ހަފްލާއެއް ބޭއްވުމަށް އެމީހުން މިވަނީ ރާއްޖެއަށް އައިސްފަ އެވެ. 

އާއިލާގެ މީހެއްގެ ކައިވެނީގެ ރަސްމިއްޔާތެއްގައި ބައިވެރިވާން ޝްރައްދާ ރާއްޖެއަށް އައިއިރު މާޗު މަހުގެ 3 ވަނަ ދުވަހަކީ ޝްރައްދާގެ 34 ވަނަ އުފަން ދުވަހެވެ. 

މިހެންކަމުން އުފަން ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ބެލެވެ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް