ads
މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަލީހްއާ މެދު އެމްޑީޕީގެ 65 މެމްބަރުންގެ އިތުބާރެއް ނެތް: އާޒިމް
މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހު ޖަމާލްއާ މެދު އެމްޑީޕީގެ މެމްބަރުން އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެ މައްސަލާގައި ބަހުސް ކުރަމުން އަންނައިރު އާޒިމް ވިދާޅުވީ މަލީހްއާ މެދު ހިތްހަމަނުޖެހުން އެބަހުރި ކަމަށާއި އެގޮތުން ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ވެސް އެ މިނިސްޓްރީއަށް ކުރެވިފައި ނުވާ ކަމަށެވެ. 

އެކަން ކޮށްނުދެވޭނަމަ ދެން މަޖިލީހުގައި އެ މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ވަޒީރަކު ވަކިކުރުމަށް ޖެހޭނީ ދިހަ މީހުންގެ ސޮޔާއެކު ސަބަބެއް ހިމަނާ ހުށަހަޅަން ކަމަށާއި އޭގައި ތުހުމަތެއްކޮށް ތަހުގީގެއް ހިންގަން ހިމަނަން ނުޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެންގެ ރައްޔިތުން، ހިތްހަމަޖެހޭ އެދޭ ކަންކަން އެ ވަޒީރަކަށް ނުކުރެވޭނަމަ ދެން އެ ވަޒީރަކު ޖެހޭނީ ކަންދިމާކުރާ ގޮތުން އެ މަގާމަކުން އެކަހެރިކުރަން. މިތަނަށް އައިސް މިތިބީ ވައުދުތަކެއް ވެގެން. ކަންދިމާކުރާ ގޮތުން ވަޒީރުން މިތިބީ މި ވައުދުތައް ފުއްދުމަށް،"

އާޒިމް ވިދާޅުވީ، މަޖިލީހުން ވަޒީރަކާ މެދު ހިތްހަމަނުޖެހުމުން ވަޒީރުން ޖެހޭނީ މަގާމުން އެކަހެރިވާން ކަމަށެވެ. އެއީ މަޖިލީހުން ނިންމާ ނިންމުމެއްކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ އެ ނިންމުން ނިންމުމުން، އިތުރަށް މެމްބަރުން ބަދުނާމުކޮށް ތަފާތު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. 

އާޒިމް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މަލީހް ކުރައްވާ ކޮންމެ މަަސައްކަތަށް ވެސް ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް