ads
މަޖިލިސް އިދާރާގައި އަލީ އާޒިމްގެ އުފަންދުވަސް ފާހަގަކުރަނީ.
އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް އަލީ އާޒިމްގެ އުފަން ދުވަސް ފާހަގަކޮށްފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ އުފަންދުވަސް ފާހަގަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕު ލީޑަރު އަލީ އާޒިމްގެ އުފަންދުވަސް މަޖިލީހުގެ އިދާރާގެ ތެރޭގައި ފާހަގަކުރާ ވީޑިއޯ މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. 

ވީޑިއޯއިން ފެންނަނީ އަލީ އާޒިމްގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން މަޖިލީހުގެ މެމްބަރުންނާއި އެކުގައި ކޭކެއް ފަޅާ މަންޒަރެވެ. 

ވީޑިއޯއިން ފެންނަގޮތުގައި މެމްބަރު އަލީ އާޒިމް ހުންނެވީ މާސްކު ނާޅުއްވައެވެ. އަދި ބައެއް އެހެން މެމްބަރުންވެސް މާސްކު ނާޅުއްވައި ތިއްބެވި މަންޒަރު ފެނެއެވެ. މީގެއިތުރުން އެޗްޕީއޭގެ ގައިޑްލައިނުގައި ވާގޮތަށް ގައިދުރުކަން ބަހައްޓާފައިވާ މަންޒަރެއްވެސް ނުފެނެއެވެ.

މިޖިލީހުގެ ރައީސްވެސް ބައިވެރިވެ ވަޑައިގަންނަވާ މަންޒަރު ފެންނައިރު، އެމްޑީޕީގެ މެމްބަރުންގެ އިތުރުން އިދިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުންވެސް ވަނީ މިކަމުގެ ބައިވެރިވެވަޑައިގެންފައެވެ. 

މިކަމާއި ގުޅޭގޮތުން ކަމާބެހޭ އެއްވެސް ފަރާތެއްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، މާލެ އޮތީ ލޮކްޑައުން އަކަށް ދާންޖެހޭ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރު ނަސީމް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވިދާޅުވެފަ އެވެ. އަނެއްކޮޅުން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، އެއްފަހަރާ 10 މީހުނަށްވުރެ ގިނަ މީހުން އެއްތަނެއްގައި އެއްވެ ތިބުމަކީ މަނާކަމެވެ. އަދި ޕާޓީތަކާއި ހަފްލާތައް ބޭއްވުންވެސް އެއީ މަނާކަމެކެވެ. 

އެމްޑީޕީއާއި އިދިކޮޅަށް ނިސްބަތްވާ މެމްބަރުން އެކުގައި، އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް މެމްބަރު އަލީ އާޒިމްގެ އުފަންދުވަސް ފާހަގަކުރާ ވީޑިއޯއެއް ދައުރުވަމުން އަންނައިރު، ހަފްލާތައް ބޭއްވުން މަނާކޮށްފައި ވަނިކޮށް އެފަރާތްތަކުން ކެމްޕެއިން ހަފްލާތައް ބާއްވާ މައްސަލަވެސް ވަނީ ދާދިފަހުން ފެންމަތިވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް