އަރްޖުން ވަނީ ކަރީނާ އާއި ސައިފްގެ ގެއަށް ގޮސްފަ އެވެ. އެގެއަށް އަރްޖުން ދިޔަ ވަގުތު، އޭނާގެ ރަނގަޅު ފޮޓޯއެއް ނެގުމަށް ފޮޓޯގްރާފަރަކު މަސައްކަތްކުރި އެވެ. އަދި ކަރީނާގެ ގޭގެ ފާރުމައްޗަށް އަރަން އުޅުމާއެކު ވަނީ ހަޅޭލަަވައިގެންފަ އެވެ.
އެގޮތުން ފާރުމައްޗަށް ނޭރުމަށާއި އެއީ ގޯސްކަމެއްކަމަށް ބުނެފައިވެ އެވެ.
ގެއަށް ދިޔަ މަގުމަތީގައި އަރްޖުން ވަނީ ޕަޕަރާޒީންގެ ކުރިމައްޗަށް އަރާއި ފޮޓޯއަކަށް ވެސް ހުއްޓިފަ އެވެ.
ހާފް ގާލްފްރެންޑާއި ޓޫ ސްޓޭޓްސް އަދި ގުންޑޭ ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އަރްޖުންގެ ކުރިއަށް ވެސް މަސައްކަތްތަކެއް އެބަހުއްޓެވެ.