ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ރަޝިއާ ކުޑަކުއްޖާ ސަލާމަތްކުރި ދެ މުވައްޒަފަކަށް ނަޝީދުގެ ޝުކުރު!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލް ސަރަހައްދުން މޫދަށް ވެއްޓުނު އަށް އަހަރުގެ ރަޝިޔާ ކުއްޖަކު ސަލާމަތްކޮށްދިން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ ދެ މުވައްޒަފުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވާ ޝުކުރުއަދާކުރައްވައިފި އެވެ
Advertisement

ނިމިދިޔަ ފެބްރުއަރީ މަހުގެ 26 ވަަނަ ދުވަހު އެއާޕޯޓު ޓާމިނަލް ސަރަހައްދުން، އަށް އަހަރުގެ ރަޝިޔާ ކުއްޖަކު މޫދަށް ވެއްޓުނު ހާދިސާގައި އެކުއްޖާ ސަލާމަތްކޮށްފައިވަނީ، އެމްއޭސީއެލްގައި މަސައްކަތްކުރާ ދެ މުވައްޒަފުންކަމަށްވާ ހަސަން ޒަރީރުއާއި އަބްދުލްއަޒީޒު އަބޫބަކުރު އެވެ.

your image ހަސަން ޒަރީރުއާއި އަބްދުލްއަޒީޒު އަބޫބަކުރު-

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ވަނީ މި ދެބޭފުޅުންނާއި ބައްދަލުކުރައްވާ އެކުއްޖާ ސަލާމަތް ކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް، އެބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

އެ ހާދިސާ ހިނގި ދުވަހު އެ ސަރަހައްދުގައި ތިން ކުއްޖަކު ސަކަރާތް ޖެހުމަށް އުޅުނުކަމަށް ވެއެވެ. އަދި އޭގެ ތެރެއިން ކުއްޖަކު މޫދަށް ވެއްޓިފައިވަނީ މިކުދިން ސަކަރާތް ޖަހާތީ އެއިން ކުއްޖަކު މޫދަށް ވެއްޓިދާނެ ކަމަށް ވިސްނާގެންތިއްބާ ކަމަށް އެ މުވައްޒަފުން ބުނެއެވެ. 

ކުއްޖާ ވެއްޓުމާއިއެކު ދެ މުވައްޒަފުންވެސް މޫދަށް ފުއްމާލިއިރު، އެ ދެ މުވައްޒަފުންގެ މަސައްކަތުން ކުއްޖާ ވަނީ ސަލާމަތް ކުރެވިފައެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް