މި ދައުވާ މުހައްމަދު ބިން ސަލްމާންގެ މައްޗަށް އުފުލާފައިވަނީ ސައުދީގެ ނޫސްވެރިއާ ޖަމާލް ކަޝޯގީ މަރައިލިކަމުގެ ތުހުމަތުގައި ޖަރުމަނުވިލާތުގެ ކޯޓެއްގައެވެ.
އެ ދައުވާ ކޯޓަށް ހުށަހެޅީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށްވާ، ރިޕޯޓާސް ވިތްއަޓް ބޯޑާސް (އާރުއެސްއެފް) ގެ ފަރާތުންނެވެ.
ވަލީއަހުދު މުހައްމަދު ގެ އިތުރުން ސައުދީގެ އިސް ހަތަރު އޮފިޝަލެއްގެ މައްޗަށް ވެސް މި ދައުވާ އުފުލާފައިވެއެވެ.
ޖަމިއްޔާއިން މި ދައުވާ ހުޅަހަޅާފައިވާއިރު، 2018 ވަނަ އަހަރު ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުގައި ކަޝޯގީ މަރާލީ މުހައްމަދު ބިން ސަލްމާގެ އޯޑަރަށްކަން ހާމަވާ އެމެރިކާގެ ސިއްރު ލިޔެކިޔުންތަކެއް ވަނީ ލީކުވެފައެވެ.