ads
އަނީތާ އޭނަގެ ދަރިފުޅު އާރަވްއާއިއެކު--
ދަރިފުޅަށް މަހެއް، މިހާރު އިޝްތިހާރުތަކުން!
އަނީތާ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާނު ކޮށްފައިވަނީ ނިމިދިޔަ އަހަރު ލޮކްޑައުންގެ ތެރޭގައެވެ. އަދި ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

އަނީތާ ވިހޭކަން އިއުލާނު ކުރަމުން ރޯހިތު ރެއްޑީ ވަނީ އިންސްޓަގުރާމުގައި އެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެއް ކަމަށް ބުނެފައެވެ. އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވެ ދަރިފުޅުގެ ފޮޓޯއާއިއެކު ނަންވެސް ވަނީ އާއްމުކޮށްފައެވެ.

ދަރިފުޅު އާރަވްގެ މިފޮޓޯތައް ހިއްސާކުރި ނަމަވެސް ކެމެރާ ކުރި މައްޗަށް އެހާ އަވަހަށް ދަރިފުޅު ތައާރަފް ކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދެއް ނުކުރެވެ. އެހެންނަމަވެސް އިއްޔެ އަނީތާ ވަނީ ދަރިފުޅު އާރަވްއާއިއެކު އިޝްތިހާރަކުން ފެނިގެންގޮސްފައެވެ.

your imageއަނީތާ އޭނާގެ ދަރިފުޅު އާރަވްއާއިއެކު

އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އެޑްވަޓައިޒް ޕޯސްޓެއްގައި އަނީތާ ފެނިގެންދިޔައީ ޑްރައިޕާސް އިޝްތިހާރެއްގެ ޕޯސްޓެއްގައި ދަރިފުޅު އާރަވް އުރާލައިގެން ހުއްޓައެވެ.

މި ޕޯސްޓަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ދަރިފުޅު ވިހޭތާ އަދި މަހެއްވެސް ނުވަނީސް މިހާރު ކެމެރާގެ ކުރިމަތިން ފެންނަން ފެށުމުން ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔާފައެވެ. އަދި އަނެއް ބަޔަކު ދަނީ އެކަމަށް ތައުރީފުކޮށް އާރަވްވެސް ބޮޑުވެގެން މަންމަ އަނީތާ ފަދައިން ޓީވީ ސްކްރީނުން ފެންނަން ބޭނުންވާކަމުގެ ޝައުގުވެރިކަންވެސް ފާޅުކުރަމުންނެވެ.

އަނީތާ އޭނަގެ ދަރިފުޅު އާރަވް ކެމެރާގެ ކުރިމައްޗަށް ނެރެފައިވާއިރު، މަޝްހޫރު ފިލްމީތަރި ކަރީނާ އަދި އަނުޝްކާވެސް ވަނީ ވިހާފައެވެ. އެހެންނަމަވެސް މި ދެތަރިން ވަނީ ދަރިފުޅުގެ ފޮޓޯ ނުނެގުމަށް ޕަަޕަރާޒީން ކައިރި އެދިފައެވެ. ހާއްސަކޮށް ކަރީނާ އޭނާ އެންމެ ފަހުން ވިހޭ ދަރިފުޅުގެ ފޮޓޯގެ އިތުރުން ނަންވެސް ހާމަކޮށްފައެއް ނުވެއެވެ

އިންޑިއާގެ އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި މީހުން ސިފަކުރާ އަނީތާ އާއި ރޯހިތް ރެޑީ ކައިވެނި ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ.

42%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް